ads
ހަކުރު ބައްޔާއި ބަރުދަން ލުއިކުރުމަށް ރޯދަ މަސް ބޭނުންކުރެވިދާނެ
ހަކުރު ބައްޔާއި ބަރުދަން ލުއިކުރުމަށް ރޯދަ މަސް ބޭނުންކުރެވިދާނެ: ޑޮކްޓަރު ސާދިއާގެ އިރުޝާ
ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބޮޑެތި ފައިދާތަކެއް ލިބޭ ކަމަށް ޑޮކްޓަރު ސާދިއާ މިއާން ހާމަކޮށްފިއެވެ.
Advertisement

އޭނާ ބުނި ގޮތުގައި، ގިނަ ވަގުތު ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑުގެ އިންސިއުލިން މަސައްކަތްކުރާ މިންވަރު ރަނގަޅުވެ، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ މަސައްކަތްތައް ހަރުދަނާވެ، ބަރުދަން ލުއިކުރުމަށް ބޭނުންވާ މީހުންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތެކެވެ.

ހޯމޯންތަކަށް ކުރާ އަސަރުތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ޑޮކްޓަރު ސާދިއާ ބުނީ، "ރަނގަޅު ގޮތުގައި ރޯދަ ހިފުމަކީ ފިރިހެނުންގެ ޓެސްޓޮސްޓަރޯން މިންވަރު ރަނގަޅުވުމަށް އެހީތެރިވެދޭ ކަމެއް. އަދި އަންހެނުންނަށް ދިމާވާ ބައެއް ބަލިތައް ހައްލުވުމަށް ވެސް މީގެ ސަބަބުން ފައިދާ ކުރޭ،" ކަމަށެވެ.

ނަމަވެސް ބަރުދަން ލުއިކުރުމަށް ރޯދަ މަސް ބޭނުންކުރާއިރު، ރޯދަ ވީއްލާ ގަޑީގައި މާ ގިނައިން ކެއުމާއި ތެޔޮ އެއްޗެހި ބޭނުންކުރުމުން ދުރުހެލިވާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ރޯދަ ހިފުމުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ އަމިއްލަ ސަލާމަތަށް ކަމަށް ޑޮކްޓަރު ފާހަގަކުރިއެވެ. ހަކުރު ބަލި ހުންނަ މީހުންނާއި، ގަވާއިދުން ބޭސް ބޭނުންކުރާ މީހުން ރޯދަ ހިފުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ. މާ ބޮޑަށް ވަރުބަލިވެ ބޯ އެނބުރުން ފަދަ ކަމެއް ދިމާވާނަމަ، ރޯދަ ދޫކޮށްލުމަކީ ދުޅަހެޔޮކަމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޑޮކްޓަރު އިތުރަށް ބުނި ގޮތުގައި ދީނުގައި ވެސް އޮންނަނީ އަމިއްލަ ނަފްސު ރައްކާތެރިކުރުމެވެ. އެހެންކަމުން ބަލި މީހުންނާއި ސިއްހީ ގޮތުން ހާއްސަ ހާލަތްތަކުގައި ތިބޭ މީހުން، ރޯދަ ހިފުމުގައި އަމިއްލަ ހަށިގަނޑަށް އަންނަ ބަދަލުތަކަށް ސަމާލުވުން މުހިންމެވެ. މިގޮތަށް ސަމާލުކަން ދީގެން ރޯދަ ހިފުމުން، އޭގެ ފުރިހަމަ ސިއްހީ ފައިދާ ހަށިގަނޑަށް ލިބިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;