ads
ޕޮލިހުން މީހަކު ޗެކްކުރަނީ- ފޮޓޯ/ ޕޮލިސް މީޑިއާ
ވައްކަންކޮށްގެން މަގުމަތީ ކާން އިން ކުރެންދޫ ފިރިހެނަކު ހައްޔަރުކޮށްފި
ރޯދަމަހު ދުވާލު ވައްކަންކޮށްގެން މަގުމަތީގައި ކާން އިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލާގައި ހައްޔަރު ކުރީ، އަބްދުﷲ ޝަރީފް، 48، ބޮޑުގަސްދޮށުގެ/ޅ. ކުރެންދޫ އެވެ. މީނާއަކީ ކުށުގެ ރެކޯޑް ގިނަ މީހެއްކަމަށް ކޯޓުގެ ބަންދުގެ ރިޕޯޓްގައިވެއެވެ.

އޭނާ ހައްޔަރުކުރީ މޯލްޑިވްސް ޑިޖިޓަލް ސާވިސްއިން ވައްކަން ކުރިކަމުގެ ތުހުމަތުގައެވެ. އޭނާގެ ބަންދުގެ ރިޕޯޓްގައިވާ ގޮތުން އޭނާ ފެނުނުއިރު އިނީ ކާށެވެ. އަދި އޭނާ އިންތަނުގައި ރޫޅާލާފައިވާ އޭސީ އައުޓްޑޯ ޔުނިޓަކާއި އެ ރޫޅާލަން ބޭނުންކުރާ ޓޫލްސް ހުރިކަމަށް ބަންދުގެ ރިޕޯޓްގައިވެއެވެ. 

އަދީ މީނާ ވައްކަން ކުރަންވެގެން މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ސީސީޓީވީ ކެމެރާ ޑައިރެކްޝަން ބަދަލުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.  

އޭނާގެ ބަންދުގެ މުއްދަތައް ގެންދިޔުމުން ކޯޓުގައި އޭނާ ބުނީ އޭނާއަކީ އުޅޭނެ ތަނެއް ނެތް މީހެއްކަމަށެވެ. އަދި ކާނެ ގޮތެއް ބޯނެ ގޮތެއް އަދި ވަޒީފާއެއްވެސް ނެތްކަމަށާއި އޭނާ ނިދަނީ މަގުމަތީގަޔާއި ޖޯލި ފަތިތަކުގައި ކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާގެ އެ ވާހަކަތަކަށް ފަހު މައްސަލަ ބައްލަވާ ފަނޑިޔާރުވަނީ ތަކުރާރުކޮށް އެތައް ފަހަރަކު އެކި މައްސަލަތަކުގައި ބަންދުކުރަންޖެހޭ މީހަކަށް އޭނާ ވާތީ އޭނާގެ އުފަން ރަށުގައި ބަންދުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން ފުލުހުންނަށް އަންގާފައެވެ.

އޭނާގެ ބަންދަށް ކޯޓޫންވަނީ ފަސް ދުވަސް ޖަހައިދީފައެވެ. 

މީ މި ރޯދަމަހު ދުވާލު ގަޑީގައި ކައިގެން ހައްޔަރުކުރި ތިންވަނަ މީހާއެވެ. މީގެކުރިން 40 އަހަރުގެ 25އަހަރުގެ ޒުވާނަކު މަގުމަތީގައި ކަނިކޮށް ވަނީ ހައްޔަރުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;