ads
ފ. އަދި ދ އަތޮޅުގައި އާރުޓީއެލް ފެށުމުގެ ތެރެއިން
އަތޮޅާއި ދ. އަތޮޅަށް ފެށި އާރުޓީއެލް ފެރީގެ އަގުތައް އާއްމުކޮށްފި
ފ.އަތޮޅާއި ދ. އަތޮޅަށް ފެށި އާރުޓީއެލް ފެރީގެ އަގުތައް އާއްމުކޮށްފިއެވެ.
Advertisement

ފ. އަތޮޅަށާއި ދ. އަތޮޅަށް ފެށި އާރުޓީއެލް ފެރީ ހިދުމަތް ފެށީ މިދިޔަ އަންގާރަ ދުވަހުއެވެ. 

ފ. އަތޮޅުގެ އެތެރޭގެ ދަތުރުތަކުގެ ތެރެއިން އެއްކޮޅު ދަތުރުތައް އެންމެ އަގުހެޔޮކޮށް ކުރަނީ 35 ރުފިޔާއަށެވެ. އަދި އެންމެ އަގުބޮޑުކޮށް ކުރަނީ 70 ރުފިޔާއަށެވެ. ދ. އަތޮޅުގައިވެސް އެތެރޭގެ ދަތުރުތަކުގެ ތެރެއިން އެއްކޮޅު ދަތުރުތައް އެންމެ އަގުހެޔޮކޮށް ކުރަނީ 35 ރުފިޔާއަށެވެ. އެހެންނަމަވެސް ދ. އަތޮޅުގައި ދެކޮޅަށް ނަގަނީ 65 ރުފިޔާއެވެ.

ފ. އަތޮޅާއި ދ. އަތޮޅާ ދެމެދު ކުރާ ދަތުރުތަކަށް ބަލާއިރު، އެންމެ އަގު ހެޔޮކޮށް އެއްކޮޅު ދަތުރެއް އުޅެނީ 130 ރުފިޔާއަށެވެ. އަދި އެންމެ އަގުބޮޑު އެއްކޮޅު ދަތުރެއްނަމަ 150 ރުފިޔާއަށެވެ. ދެކޮޅު ދަތުރެއް ނަމަ އެންމެ އަގުހެޔޮ ދަތުރެއް 260 ރުފިޔާއަށް، އަދި އެންމެ އަގުބޮޑު ދަތުރެއް އުޅެނީ 300 ރުފިޔާއަށެވެ.

ޓިކެޓް އާރުޓީއެލްގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއި އެކު ލިބޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

ފ އަދި ދ އަތޮޅުގައި މި ހިދުމަތް ފެށުމުން އާރް.ޓ.ީއެލް ހިދުމަތް ޖުމްލަ 14 އަތޮޅެއްގައި ދޭން ފެށުނީ އެވެ. އެއ ހއ،. ހދ،. ށ. ނ،. ރ. ބ. ޅ. ތ. ގއ. ގދ. ޏ،. އައްޑޫ ސިޓީއެވެ. ބާކީ އޮތް 6 އަތޮޅުގައިވެސް އާރް.ޓ.ީއެލް ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;