އެމްއެމްއޭއިން ބުނީ ރަމަޟާން މަހުގެ ފަހު ދިހަައިގައި ސަރުކާރު ބަންދުވުމާ ގުޅިގެން، އާންމުންނަށާއި ބޭންކުތަކަށް ހިދުމަތް ދިނުމަށް ދެ ދުވަހަކު އެ ބޭންކު ހުޅުވަން ނިންމާފައިވާކަމަށެވެ. އެގޮތުން އެ ދެ ދުވަހު އެމްއެމްއޭ ހުޅުވާ ހިދުމަތް ދޭނީ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށް ކަމަށް އެ ބޭންކުން ބުނެއެވެ.
ފަހު ދިޔަކަށް އެމްއެމްއޭ ހުޅުވާ ދުވަސްތައް
މި ދުވަސްތަކުގައި ބޭންކިން ހިދުމަތްދޭނީ (ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް) ހެނދުނު 09:30 އިން މެންދުރު 12:00 އަށް. ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭ އިން ބުނީ ރޯދަ މަހާއި އެ ވިދިގެން އަންނަ ހަ ރޯދައިގެ ދުވަސްތަކުގައި އެ އޮތޯރިޓީ ހުޅުވިފައި ހުންނާނީ ހެނަދުނު 09:00 އިން މެންދުރު ފަހު 01:00 އަށް ކަމަށެވެ.
މިގޮތުން ބޭންކިން ހިދުމަތް ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުންވެސް އެގަޑީގައި ކުރިއަށްދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;