ads
ދިރާގުގެ މިދިޔަ އަހަރުގެ އަހަރީ އާންމު ބައްދަލުވުމުގެ ތެރެއިން: ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ- ފޮޓޯ: ދިރާގު
ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރަކަށް ކުރިމަތިލާން ހުޅުވާލައިފި
ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ދިރާގުން ބުނީ، އެ ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މި މަހުގެ ފަސް ވަނަ ދުވަހު, އާންމު ހިއްސާދާރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

މި އިންތިހާބު އޮންނާނީ މި އަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައެވެ. 

މި މަގާމަށް ޝަރުތު ހަމަވާ އާންމު ހިއްސާދާރުން ޕަބްލިކް ޑައިރެކްޓަރުކަމަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ސިޓީ އުރައެއްގައި ބަންދުކޮށް ދިރާގު ހެޑް އޮފީސް އަށް ކޮމްޕެނީ ސެކްރެޓަރީއަށް އެޑްރެސްކޮށް ނުވަތަ [email protected] އަށް މާޗް 12 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން މެއިލް ކުރަންޖެހެ އެވެ. 

ދިރާގުން ބުނީ ހުށަހަޅާ އެޕްލިކޭޝަންތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ބޯޑުގެ އާރްއެންޖީ ކޮމިޓީން ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި, އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުކަމަށް ހޮވޭނީ ޝޯޓްލިސްޓުކުރެވޭ މީހުންގެ ތެރެއިން، އަހަރީ އާންމު ޖަލްސާގައި އެންމެ ގިނަ ވޯޓު ލިބޭ މީހެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;