ads
ތިން ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް ދީފި
ރައީސްއަށާއި ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ތިން ކޮމިޓީއެއްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.
Advertisement

މެންބަރުން ހޯދުމަށް ރައީސް އޮފީހުން މިއަދު އަލުން ހުޅުވާލި ކޮމެޓީތަކަކީ، ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ގާއިމްކުރާ "ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ"އާއި މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ގާއިމްކުރުމަށް ގާއިމްކުރާ "ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ"އާއި އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ގާއިމްކުރާ "ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ"އެވެ.

މި ކޮމިޓީތަކުގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން ފުރަތަމަ ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހުގަ އެވެ.

އެފަހުން އެ ފުރުސަތު އިތުރުކޮށް ރައީސް އޮފީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ، އިތުރު ފުރުސަތު ދިނުމުގެ ގޮތުން އަންނަ މަހުގެ ތިނެއްވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައި ވާކަމަށެވެ.

ކޮމިޓީތަކުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެ އެވެ. އަދި ރައީސްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެއްވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;