މިއަދު ހެނދުނު ސައިރަންގައި ދިޔަ އެމްބިއުލާންސއަކަށް ޖާގަ ނުދީ އެ ޕިކަޕް އޮތީ މުދާ ހުސްކުރާށެވެ.
ފުލުހުން ބުނީ އެ ޕިކަޕް ދުއްވި ޑްރައިވަރު 750ރ. އިން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.
އަދި އޭނާއަށް އެއްވެސް އުޅަނދެއް ދެން ނުދުއްވޭނެކަމަށާއި އެ މީހާއާ މެދު ދެން ގޮތް ނިންމާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ކޮމެޓީއަކުން ކަމަށް ފުލުހުން ބުނެއެވެ.
އެމްބިއުލާންސަކަށް ޖާގަ ނުދީ މުދާ ބާލަން އޮތް ޕިކަޕު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ އެއްކޮޅަށް ދުއްވާ މަގަކުން ސައިރަން އަޅަމުން އައި އެމްބިއުލާންސަކަށް ޖާގަ ނުދީ އޭގެ ކުރީގައި އޮތް ކުޑަ ޕިކަޕަކުން ތަނަކަށް މުދާ ބާލުވަން އޮތް ތަނަނެވެ. އޭރު އެ ޕިކަޕުގެ ފަހަތުގައި ދެން އޮތް އުޅަނދުތައް ބަރުގޮނު އަޅާއަޑުވެސް ވީޑިއޯއިން އިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;