ads
ތިލަމާލެ ބްރިޖުގެ ތަނބުތައް ފެނުން މަތީގައި. ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ތިލަމާލެ ބްރިޖުގެ ކަނޑުއޮޅިތަކުން ދަތުރު ނުކުރަން އަނެއްކާވެސް އަންގައިފި
ތިލަމާލެ ބްރިޖުގެ ކަނޑުއޮޅިތަކުން ދަތުރު ނުކުރަން އަނެއްކާވެސް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.
Advertisement

މާލެ އާއި ތިލަފުއްޓާއި ދެމެދުގައިވާ 3 ޗެނަލްގައި ގްރޭޓާ މާލެ ކަނެކްޓިވިޓީ މާލެ ތިލަފުށީ ލިންކު މަޝްރޫއު މަސައްކަތް ކުރާތީ އެ ތިން ކަނޑުއޮޅިން ދަތުރުފަތުރުކުރުމަކީ ރައްކާތެރިކަމަށް ނުވާތީ އެކަނޑުއޮޅި ބަންދު ކޮށްފައިވާކަން މިނިސްޓްރީން ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރުގެ މާރިޗުމަހުގެ 3 ވަނަ ދުވަހުއެވެ.

 އެހެންނަނަމަވެސް އެ ކަނޑު އޮޅިން ދަތުރުކުރާތީ އެކަން ނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ މިއަދު ވަނީ އަނެއްކާވެސް އަންގާފައެވެ. 

އެގޮތުން މި 3 ކަނޑުއޮޅި (މާލެ-ވިލިމާލެ، ވިލިމާލެ-ގުޅީފަޅު އަދި ގުޅިފަޅު-ތިލަފުށި) ބަންދުކޮށްފައިވާތީ، މި ސަރަހައްދުން ކަނޑު އުޅަނދުފަހަރު ދަތުރު ނުކުރުމަށް އަންގާކަމަށް އެ މިނިސްޓްރީން ބުނެެއެވެ. 

މިދިޔަ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ފެށި ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

އެފްކޮންސް ކުންފުނިން ބުނީ ތިލަމާލެ ބްރިޖުގެ 68 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. ބްރިޖުގައި މިހާރު ކުރަމުން އަންނަނީ މާލެއާއި ވިލިމާލެއާ ދެމެދު ގުޅުވާލާ ބްރިޖުގެ ބައިތައް އެތުރުމުގެ މަސައްކަތްކަމަށާއި އެ މަސައްކަތް މިއަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ނިންމައިލެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;