މިއަދުގެ ހުކުތު ހުތުބާ ހާއްސަކޮށްފައިވަނީ ނަސްރާއި ކާމިޔާބުގެ މައްސަރު މި މައުލޫގެ މައްޗަށެވެ.
ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެއްކަން ފާހަގަކުރަމުން ހުތުބާގައިވަނީ މި މަހަކީ މަސައްކަތް ހުއްޓާލާ ޗުއްޓީ ނެގުމުގެ މައްސަރެއް ނޫންކަމަށެވެ. އޭގެ ބަދަކުގައި ހިވާގިވެ އަޅުކަން ކުރުންމަތީ ދެ ތިބެން ހުތުބާގައިވަނީ ގޮވާލައިފައެވެ.
އެހެންކަމުން ދަމަހުގެ ކާމިޔާބީ ހޯދާން ބޭނުން މީހާ ލައިލަތުލްޤަދުރި ހޯދާން ގަދައަޅައި މަސައްކަތްކުރަން ހުތުބާގައިވަނީ ގޮވާލާފައެވެ. އަދި އެ ރޭގެ ހެޔޮކަމުން މަހުރޫމުވެއްޖެ މީހާ، ހުރިހައި ހެޔޮކަމަކުން މަހުރޫމުވެއްޖެކަމަށް ހުތުބާގައިވެއެވެ.
ރޯދަމަހު މުސްލިމުން ކަންނަތްކަމުގައި ނުތިބޭކަން ފާހަގަކުރަމުން ރޯދަމަހު މުސްލިމުން ކުރި ޖިހާދުތަކުގެ ވާހަކަކަށް ވަނީ އަލިއަޅުވާލާފަ އެވެ. އެގޮތުން އިސްލާމްދީނުގައި ކުރި ފުރަތަމަ ހނގުރާމަ ހިގައިދިޔައީ ރޯދަމަހުގެ ތެެރޭގައިކަމާއި މައްކާ ފަތަހަކުރުމުގެ ހާދިސާވެސް ހިނގީ ރޯދަމަހުގަިކަން ވަނީ ހުތުބާގައި ފާހަގަކޮށްފައެވެ. އަދި މައްކާ ފަތަހައިގެ ސަބަބުން މުޅި އަރަބިކަރަ ފަތަހަވިކަންވެސް މިއަދުގެ ހުކުރު ހުތުބައި ވަނީ ފާހަގަކޮށްފަ އެެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;