ރޯދަ މަހަކީ ކާމިޔާބުގެ މައްސަރުކަން ފާހަގަކުރަމުން މި މައްސަރުގައި ހިފާ ރޯދައިގެ ސަބަބުން އޭނާގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބުކުރުމަށް ބާރުއަޅާކަން ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
އޭގެ އިތުރުން މަޟާންމަހަކީ ނަފުސުގެ ޖިހާދުގެ އިތުރަށް އިސްލާމްދީނުގެ އަދުއްވުންނާ ދެކޮޅަށް މުސްލިމުން އެންމެ ބޮޑެތި ނަސްރާއި ކާމިޔާބީތައް ހާސިލުކުރި މައްސަރުކަންވެސް ވަނީ ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިސްލާމީ ތާރީހު ބަދަލުކޮށްލި މަޝްހޫރު ބަދުރުހަނގުރާމަ އާއި މައްކާ ފަތަހަ ކުރެއްވުމުހެ ހާދިސާވެސް ހިންގައިދިުައީ ރޯދަމަހުކަމަށްވެސް ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.
އަދި މައްކާ ފަތަހަކުރި ދުުވަހު މުސްލިމުންގެ ދިހަ ހާސް މުޖާހިދުންނާ އެކު ނަބިއްޔާ މުހައްމަދު صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ މައްކާއަށް ވެދެވަޑައިގަތީ ތަވާލުއުވެރިކަމާއި މަޑުމައިތިރިކަންމަތީގައިކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި މިކަމުން ދައްކާދެނީ ބާރެއް ލިބޭ ދުވަހު އަނިޔާވެރިވެ ދޮގު ހެދުން ނޫންކަމަށާއި ހަގީގީ ކާމިޔާބުއޮތީ ރިވެތި އަހްލާގުން އޭނާގެ ނަފުސު ތަހުޒީބުކުރުމުގައިކަމަށް ހުތުބާގައި ވިދާޅުވި އެވެ.
ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުންކަން ފާހަގަކުރަމުން މުސްލިމު މުޖުތަމައުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެކަމަށް ހުތުބާގއިވެއެވެ. ހަމައެއާއެކު އަހަރެމެންނާއެކު ދިރިއުޅެމުންދާ އެހެންދީންތަކުގެ މީހުންނާއި ބިދޭސީންނަށް އިހްސާންތެރިވުމަށްވެސް ހުތުބާގައިވަނީ ގޮވާލާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;