ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ކައުންސިލް އިންތިހާބަށް ކެމްޕެއިނަށް ރަށްރަށަށް ދިއުމުގެ ވިސްނުމެއް ނެތް: ރައީސް
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ދިއުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ޕީއެންސީ ބޭއްވި ބޭއްވި ތަރާވީހުގައި ރައީސް މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ރަށްރަށަށް ދިއުމަށް ދަތުރު ހަދަނީ ވެސް އިންތިހާބަކާ ދިމާކޮށް ކަމަށެވެ. އަދި އެ މީހުންގެ ވިސްނުމަކީ ވެސް އިންތިހާބުތައް އެކި ދުވަސްވަރު ބޭއްވުންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

އެހެންނަމަވެސް މި ސަރުކާރުން ރައްޔިތުން ކައިރިޔަށް ރަށްރަށަށް ދަނީ  ގައުމީ ވިސްނުމުގައި،ސަރުކާރާއި ހަވާލުކުރި ޒިންމާތައް އަދާކުރަންކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންނަށް އެއްވެސް ރަށަކަށް ދިޔުމުގެ ވިސްނުމެއް ނެތްކަމަށެވެ. އެހެންނަވެސް މަޝްރޫއެއް ނިންމާ ހުޅުވަން ދާން ރައްޔިތުން އެދެފި ނަމަ ދާނެކަން  ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑު ގަސްތެއް ނުކުރަން ރަށްރަށަށް ދާކަށް. އަޅުގަނޑު ގަސްތެއް ނުކުރަން. އެހެންނެއް ނޫން، ސަރުކާރު ހިންގާ ވަރަށް ބޮޑު މަޝްރޫއެއް ނިމި، އެ މަޝްރޫއުގެ ނިންމުން ފާހަގަކުރަން ރައްޔިތުން އެދިވަޑައިގެންފިއްޔާ އެ ރަށަކަށް އަޅުގަނޑު ނުދާނެ ވާހަކައެއް ނޫން، އެހެން ނޫން. ކެމްޕެއިންގެ ބޭނުމުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑު އެއްވެސް ރަށަކަށް ދާކަށް ގަސްތެއް ނުކުރަން." ރައީސް ވިދާޅުވި އެވެ.

ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ޒިޔާރަތްކުރައްވައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީހީ ކާމިޔާބީއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާސިލުކުރައްވާފައިވާކަން ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެންމެ 1 އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުކުރައްވައި، ރައީސް މުއިއްޒު މި ތާރީހީ ކާމިޔާބު ހާސިލުކުރައްވާފައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި، މާލެއަތޮޅު ތުލުސްދޫއަށް އަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ވަޑައިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;