ads
ދަ ކެރެލާ ސްޓޯރީ 2
ކެރެލާ ހައި ކޯޓުން 'ދަ ކެރެލާ ސްޓޯރީ 2' އަޅުވަން ހުއްދަ ދީފި
ކެރެލާ ހައި ކޯޓުން 'ދަ ކެރެލާ ސްޓޯރީ 2' ފިލްމު އެޅުވުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ފިލްމު އެޅުވުމުގެ ހުއްދަ ދީފިއެވެ.
Advertisement

ފެބްރުއަރީ 27 ގައި ފިލްމު އަޅުވަން މަދު ގަޑިއިރުތަކަކަށް ވެފައި ވަނިކޮށް، ކޯޓުގެ ސިންގަލް ޖަޖް ބެންޗަކުން ފިލްމު އެޅުވުން 15 ދުވަހަށް މަނާކުރި ނަމަވެސް، ޑިވިޝަން ބެންޗުން ވަނީ އެ ނިންމުން ބާތިލުކޮށްފައެވެ. މިއާއެކު މުޅި އިންޑިއާގައި މި ފިލްމު ދެއްކުމުގެ ހުއްދަ މިހާރު ވަނީ ލިބިފައެވެ.

ކޯޓުން ފާހަގަކުރި ގޮތުގައި ފިލްމުތަކަށް ހުއްދަ ދިނުމަކީ ސެންސަރު ބޯޑުގެ ކަމެކެވެ. އަދި ފިލްމުގެ ކުޑަ މަންޒަރުކޮޅެއް ބެލުމަށް ފަހު ފިލްމު މަނާ ނުކުރެވޭނެ ކަމަށާއި، ފިލްމު އެޅުވުމުން ހަމަނުޖެހުމެއް ހިނގައިފި ނަމަ އެކަން ކޮންޓްރޯލް ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ކޯޓުން ބުންޏެވެ. 

މި ނިންމުމަށް ފަހު، ފިލްމުގެ ޕްރޮޑިއުސަރު ވިޕުލް އަމްރުތުލާލް ޝާހް ބުނީ، ފުރަތަމަ ފިލްމެކޭ އެއްގޮތަށް މި ފިލްމާ ދެކޮޅަށް ވެސް ބަޔަކު ގަސްތުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފިލްމާ ދެކޮޅު ހަދާ މީހުންގެ 80 ޕަސަންޓު މީހުންނަކީ ކެރެލާގެ ބައެއް ކަމަށާއި، އިންޑިއާގެ އެހެން ހިސާބުތަކުން ފިލްމަށް ތާއީދުކުރާ ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ސުދީޕްތޯ ސެން ވެސް ވަނީ މި ފިލްމަށް ތާއީދުކޮށް ވާހަކަދައްކާފައެވެ. އޭނާ ބުނި ގޮތުގައި ސެންސަރު ބޯޑުން ހުއްދަ ދޭ ފިލްމުތަކަށް ކޯޓުތަކުން ހުރަސް އެޅުމަކީ ގޯހެކެވެ. އަދި ފިލްމާ މެދު ގޮތެއް ނިންމުމުގެ ކުރިން ފިލްމު ބެލުމަށް އޭނާ ވަނީ އެދިފައެވެ. 'ދަ ކެރެލާ ސްޓޯރީ 2' ގެ ލީޑު ރޯލުތަކުން އުލްކާ ގުޕްތާ އާއި އަދިތީ ބާޓިއާ ފެނިގެންދާއިރު، ކޯޓުގެ ނިންމުމާއެކު ސިނަމާތަކުން މިހާރު ވަނީ އަލުން ޓިކެޓު ވިއްކަން ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;