ads
އީރާންގެ ލީޑަރު ޚާމަނާއީ: ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނޭ
އީރާންގެ އިސް ލީޑަރު ހާމަނާއީ އަވަހާރަކޮށްލެވިއްޖެ: އިޒްރޭލު
އިޒްރޭލާއި އެމެރިކާއިން އިރާނަށް މިއަދު ދިން ހަމަލާތަކުގައި އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެ ކަމުގެ އަޑުތައް އިޒްރާއީލުގެ މަސްދަރުތަކުން ފަތުރަން ފަށައިފި އެވެ.
Advertisement

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިރޭ ވިދާޅުވީ ޚާމާނައީ އަވަހާރަވެފައިވާކަމުގެ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ. 

ރޮއިޓާސް ނިއުސް އެޖެންސީ އާއި ފޮކްސް ނިއުސް އަދި އިޒްރޭލުގެ މީޑިއާތަކުން، އިޒްރޭލުގެ އިސް އޮފިޝަލުންނާ ހަވާލާދީ ދެންމެއަކު ބުނި ގޮތުގައި، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވަނީ އަވަހާރަކޮށްލާފަ އެވެ.

ނަމަވެސް، އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނާ ގޮތުގައި، ހާމަނާއީ އަވަހާރަވެއްޖެ ކަމަށް ބުނެ އިޒްރޭލުން ފަތުރަމުންދާ ހަބަރުތަކާ ގުޅިގެން، އީރާނުގެ އެންމެ މަތީ ވެރިޔާގެ އޮފީހުގެ ޕަބްލިކް ރިލޭޝަންސްގެ އިސްވެރިޔާ ވަނީ މިއީ ގައުމުގެ ދުޝްމަނުން ހިންގާ "ނަފްސާނީ" ހަނގުރާމައެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އެންބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ ޚާމަނާއީ އަދިވެސް ދުނިޔޭގައި އެބަ ހުންނެވި ކަމަށާއި އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާގައި އެކަކު ނުވަތަ ދެ އޮފިސަރަކު މަރުވި ކަމަށެވެ. ނަމަވެސް އެއީ މާބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ފާހަގައެއް ނުކުރައްވަ އެވެ. .

އީރާންގެ ސުޕްރީމް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އަދި ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ވެސް އެއީ އެވެ. ނަމަވެސް ދަތި ކުރުމުގެ ފިޔަވަޅުތަކާއި އިންޒާރުތަކާ ހެދި ޚާމާނާއީގެ ސަލާމަތީ ކަންކަން އީރާނުން ވަރަށް މަތީ ފެންވަރެއްގައި ބަލަހައްޓަމުންދެ އެވެ.

ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް އިޒްރާއީލުން ބުނާއިރު، އެމެރިކާއާއި ގުޅިގެން އިސްރާއީލުން އިއްޔެ އީރާނަށް ދޭން ފެށި ހަމަލާތަކުގެ ތެރެއިން ޚާމަނާއީ ގަނޑުވަރަށް ވަނީ ހަމަލާތަކެއްދީ، އެތަން ސުންނާފަތިކޮށްލާފަ އެވެ. އެތަން ސުންނާފަތިކޮށްލާފައިވާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އައި ނަަމަވެސް އީރާނުން ބުނީ، އެ ހަމަލާދިން ވަގުތު ޚާމަނާއީ ގަނޑުވަރުގައި ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;