ads
މެދުނުކެނޑި އަސާސީ ކާބޯތަކެތި ލިބޭނެކަން ކަށަވަރު އެބަ ކުރަން: މިނިސްޓްރީ
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު، ރާއްޖެ އަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން މޮނިޓަ ކުރަމުން އަންނަ ކަމަށާއި އެންމެ އިސްކަންދެނީ ދިވެހިންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ދެންމެ ބުނެފި އެވެ.
Advertisement

އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ދައުލަތުގެ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު ކުރިމަތިވެދާނޭ އަސަރުތައް ވަރަށް ރަނގަޅަށް މޮނިޓާ ކުރަމުންގެންދާ ކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ މުދާ އުފުމުގެ ނިޒާމަށް އަތުވެދާނޭ ލޮޅުންތައް  ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންގެންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

"އަދި ރާއްޖެ އަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓުތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެކަންކަމުން އަރައިގަތުމަށްޓަކައި ބޭނުންވާނެ އެހެނިހެން އަލްޓަނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތް މި މިނިސްޓްރީން ދަނީ ކުރަމުންނެވެ،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން އިސްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފަސޭހަކަމާއެކު ލިބޭނޭމަގު ފަހިކޮށްދިނުން ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މެދުދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައްވައިފަ އެވެ.

މެދުއިރުމަތީ ހަނގުރާމައިގެ އަސަރު ރާއްޖެއަށް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ސަބަބަކީ، މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، އެ ގައުމުތަކުން ދަތުރުކުރާ ފްލައިޓުތައް ކެންސަލް ކުރުމެވެ. މި ފްލައިޓުތައް ކެންސަލް ކުރުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުން ނުފުރިފައި އެބަތިއްބެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;