ads
މައުރޫފް ރަސްމާލޭގައި ހުންނަވާ މީޑިއާތަކާއި ވާހަކަ ދައްކަވަނީ
މައުރޫފާއި އިތުރު ބަޔަކަށް ދައުވާކުރަން އެދިއްޖެ
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި އެމްޑީޕީގެ އިތުރު މެންބަރުންތަކެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)ގައި އެދިއްޖެ އެވެ.
Advertisement

މި މައްސަލައިގައި މައުރޫފާއި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ އިތުރުން، އެމްޑީޕީގެ މެންބަރެއް ކަމަށްވާ އަބްދުއްސަލާމު އަދި ހދ ކުޅުދުއްފުށީ، ޑިސްކު، ނަޖުދާ އަލީގެ އަށް ވެސް ވަނީ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފާ ކަމުގެ ޗިޓު ފޮނުވައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ވަކި ގޮތެއް ނިންމުމުން، މައްސަލަ ކޯޓަށް ހުށަހެޅުމުގެ މަރުހަލާ ކުރިއަށްދާނެއެވެ.

އެމްޑީޕީގެ މުޒާހަރާ ފެށީ އާޓިފިޝަލް ބީޗުން ފެށުމަށް ފަހު މަޖީދީ މަގުން ކުރިއަށްދާން މަސައްކަތް ކުރުމުން ފުލުހުން ބާރާއި ހަތިޔާރު ބޭނުންކޮށްގެން މުޒާހަރާއަށް ހުރަސް އެޅި އެވެ.

އެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ބާރުގަދަ އަޑު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، މުޒާހަރާ ރޫޅާލައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;