ads
އިންތިހާބެއްގައި ވޯޓުލުން ކުރިއަށް ދަނީ - ފޮޓޯ:އީސީ
ކެންޑިޑޭޓުންގެ މަންދޫބުންނަށް ވާން ހުޅުވާލައިފި
ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
Advertisement

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އިންތިޚާބުގެ ވޯޓު ނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް، ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓަކަށް ވެސް އޮންނާނެ ކަމަށެވެ.

މި މަންދޫބުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ މަރުކަޒުތަކުގައި އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށްދާކަން ކަށަވަރު ކުރުމެވެ. މަންދޫބުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި 18 ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުމާއި ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ މީހަކަށް ނުވުމުގެ އިތުރަށް އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެ އެވެ.

އީސީން ބުނީ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅަންޖެހޭނީ އެ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށް، ފޯމު ހުށަހެޅުމުގެ އެކްސެސް ދިނުމުން ކެންޑިޑޭޓުން އަމިއްލައަށެވެ.

ކެންޑިޑޭޓުންގެ ންދޫބުންނަށް ވުމަށް އެދޭ މީހުންގެ ފޯމު ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 7 ގެ މެންދުރު ފަހު 1:00 އާ ހަމައަށެވެ. އަދި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ 3004432 ނުވަތަ 3004433 ނަންބަރަށް ގުޅުއްވުން ލިބޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;