އިޒްރޭލުން ވަނީ އީރާނުން މިސައިލް ލޯންޗްކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު ފޮނުވާލާފައި ވަނީ ކިތައް މިސައިލް ކަމެއް ނުބުނެ އެވެ.
އީރާނުން މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނިތާ އިރުކޮޅެއް ފަހުން އިޒްރޭލުގެ އުތުރު ސަރަހައްދުން ގޮވުމެއްގެ އަޑު އިވިފައިވެ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އީރާނުން އިތުރު މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އީރާނުން ވަނީ އިޒްރޭލަށް އަމާޒުކޮށް މިސައިލް އަދި ޑްރޯންތައް ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ. އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދިގު ދެމިގެން ހިނގައިދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދެ ގައުމުން ހަމަލާ ބަދަލުކުރަން ފެށުމާއެކު މެދުއިރުމަތީގެ ވައިގެ އުދުހުންތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;