މެދުއިރުމަތި ދިރާސާ ކުރާ ފަރާތްތަކުން މިހެން ބުނެ ބާރުދީ ވިދާޅުވާ އެއް ވާހަކަ އަކީ އެމެރިކާގެ އަސްކަރީ ބާރުތަކުން އިރާނަށް މިފަހަރު ހަމަލާން ދޭން ފެށި ގޮތެވެ. އެގޮތުން ދިރާސާ ވެރިން ބުނަނީ އެމެރިކާ ފުރަތަމަ ވެސް ހަމަލާ ދިނީ އީރާންގެ ސަރުކާރުގެ ވެރިންގެ ގެ ތަކަށާއި ސަރުކާރުގެ މުހިންމު އޮފީސް ތަކަށްވުމެވެ.
ފާސް ނިއުސް އޭޖެންސީން ބުނީ އީރާނުގެ އިސް ލީޑަރު އާޔަތުالله އަލީ ހާމަނާއީ ދިރިއުޅުއްވާ ތެހެރާންގެ ކެޝްވަރްދޫސްޓަށާއި ޕާސްތޯރް ޑިސްޓްރިކްޓަށް ވެސް ހަމަލާ ދީފައިވެ އެވެ. މިއީ އީރާންގެ ރައީސް އޮފީސް ފަދަ މުހިންމު އޮފީސްތައް ހުންނަ ސަރަހައްދުތަކެވެ.
މިއީ އީރާންގެ ވެރި ރަށް ތެހެރާންގައި އުޅުއްވާ ވެރިންނާއި އަސްކަރީ ތަންތަނަށް ދިން ހަމަލާއެއް ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ބުނެފައި ވާއިރު އީރާނުން ވަނީ ރައީސް މަސްއޫދު ޕެޒެޝްކިއާން ސަލާމަތްވެ ވަޑައިގެންފައިވާ ކަމަށް ބުނެފަ އެވެ. އާޔަތުﷲ އަލީ ޚާމަނާއީއާ ވަނީ މާ ކުރިން އެހެން ހިސާބަކަށް ގެންގޮސް ރައްކާތެރިކަން ދީފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓްރަމްޕްގެ ޓްރޫތު ސޯޝަލް އެކައުންޓުގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، މި ހަމަލާތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ އަސްކަރީ އޮޕަރޭޝަނެއްގެ ބައެއް ކަމަށެވެ. ނަމަވެސް މި އޮޕަރޭޝަނުގެ ފުރިހަމަ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.
މީގެ އިތުރުން، ޓްރަމްޕް ވަނީ އީރާނުގެ ރައްޔިތުންނާ ސީދާ މުހާތަބުކުރައްވައި، ހަމަލާތައް ކުރިއަށްދާ ވަގުތު ގޭގައި މަޑުކުރުމަށާއި އަސްކަރީ އޮޕަރޭޝަން ނިމުމުން އެ ގައުމުގެ ސަރުކާރުގެ ހިންގުން އަތުލުމަށް ގޮވާލައްވާފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ސްޓްރެޓެޖީ އަކީ ހަނގުރާމަ ދިގުދަންމާލުމެވެ. އަދި އީރާނުން އަވަސް އަރައިގަނެގެން ރައްދުވެސް ނުދޭނެކަމަށާ އީރާނުން ރައްދު ދޭނީ ވަރަށް ފަރުވާތެރިވެ ބޮޑު ގެއްލުމެއް އިސްރާއީލަށް ލިބޭނެ ގޮތަށްކަމަށް އަސްކަރީ މުހައްލިލުން ވިދާޅުވި އެވެ.
މެދުއިރުމަތީގައިވާ އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒަކަށް ރައްދު ހަމަލާ އަމާޒުކުރުމުގެ ފުރުސަތު އޮތް ކަމަށް އިރާނުގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން ބަހުރެއިން، ގަތަރު އަދި ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާތައް ވަނީ އަމާޒުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;