ads
އިސްރާއީލުން އީރާނަށް ދިން ހަމަލާއެއް - ފޮޓޯ/ގެޓީ
އިސްރާއީލުން އީރާނުގެ އަންހެން ކުދިން ކިޔަވާ ސުކޫލަކަށް ހަމަލާދީ 51 ކުދިން މަރާލައިފި
އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުންދާ ވައިގެ ހަމަލާ ތަކުގައި އަންހެން ކުދިން ކިޔަވާ އެލިމެންޓްރީ ސްކޫލަކަށް ހަމަލާދީ 51 ދަރިވަރުން މަރާލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.
Advertisement

އިރާނުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަންހެނުން ކުދިންނަށް ހާއްސަ އެލެމެންޓްރީ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާގައި، މިހާތަނަށް 51 ކުދިން ވަނީ މަރުވެފަ އެވެ. އަދި 60 އަށް ވުރެ ގިނަ ކުދިންނަށް އަނިޔާވެގެން އަންނަނީ ފަރުވާދެމުންނެވެ.

އިޒްރޭލާ ގުޅިގެން އެމެރިކާއިން ދަނީ އީރާނުގެ ވެރިރަށް ތެހެރާނުގެ އިތުރުން މައި ސިޓީތަކަށް ވައިގެ ހަމަލާތައް އަމާޒުކުރަމުންނެވެ.

އޭގެ ރައްދުގައި، އިރާނުން ވެސް މިހާރު ވަނީ އިޒްރޭލުގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމުކޮށްފައިހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފަށައިފަ އެވެ. 

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އިރާނުގެ މިސައިލުތަކާއި މިސައިލު އުފައްދާ ފެކްޓްރީ ތަކުގެ އިތުރުން އިރާނުގެ ނޭވީ ވެސް ނައްތާލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިރާނަށް ނިއުކްލިއާ ހަތިޔާރު ނުގެންގުޅެވޭނެ ކަމަށާއި އެމަސައްކަތް ކުރުމަށް ފުރުސަތު ނުދޭނެ ކަމަށް ފަހަގަކުރައްވާފަ އެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދިގު ދެމިގެން ހިނގައިދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މަސްރަހު އިތުރަށް ގޯސްވެ، ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރު ބައިނަލްއަގުވާމީ މުޖުތަމައުގައި ވަނީ އުފެދިފަ އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;