އެމެރިކާ އާއި އިޒްރޭލުގެ ހަމަަލާތަކާ ގުޅިގެން އީރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާދީފަ އެވެ. އޭގެ ތެރޭގައި ޔޫއޭއީ، ގަތަރު، ބަހްރެއިން އަދި ކެވުއިތު ހިމެނެ އެވެ. މިއާއެކު މެދުއިރުމަށްޗަށް ދަތުރުކުރާ ގިނަ އެއާލައިންތަކުން އަންނަނީ ފްލައިޓްތައް ކެންސަލް ކުރަމުން ނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިވަގުތު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓްތަކުގެ ޝެޑިއުލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން، އެއާޕޯޓަށް ފުރަން ދިއުމުގެ ކުރިން ފްލައިޓްގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
އެގޮތުން އެއާޕޯޓަށް ދިއުމުގެ ކުރިން އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއާއޮޕަރޭޓަރުން މެދުވެރިކޮށް ހޯދަން ވަނީ އަންގައިފަ އެވެ.
މީގެއިތުރުން އެމްއޭސީއެލްއިންވެސް ވަނީ މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވާފަ އެވެ. އެގޮތުން، އެއާޕޯޓަށް ވަޑައިގެންނެވުމުގެ ކުރިން ފަސިންޖަރުން ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބްސަޓާއި، ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް އެމްއޭސީއެލްއިން އެދިފައި ވެއެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދިގު ދެމިގެން ހިނގައިދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;