ads
ކެބިނެޓް ބައްދަލުވުމެއްގައި ރައީސް މުއިއްޒާއި ވަޒީރުން - ފޮޓޯ: ރައީސް އޮފީސް
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދަތިތައް ހައްލުކުރަން ވަޒީރުންގެ ކޮމިޓީއެއް
އިޒްރޭލާއި އެމެރިކާ އިން އިސްވެ އިރާނަށް އިއްޔެ ދޭން ފެށި ހަމަލަތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ބަލައި ހާއްސަ ފިޔަވަޅުތައް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮމިޓީއެއް އެކުލަވާލައްވައިފި އެވެ.
Advertisement

ނުވަ ވަޒީރުންގެ މައްޗަށް އެކުލަވޭ އެ ކޮމިޓީ ރައީސް އެކުލަވާލެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަ ކުރައްވާފަ އެވެ.

މިއަދު މެންދުރުފަހު އެކުލަވާލެއްވި މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

  1. މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ އަބްދުﷲ ހަލީލް (ކޮމިޓީގެ ޗެއަރ)
  2. މިނިސްޓަރ އޮފް ޑިފެންސް، މުހައްމަދު ގައްސާން މައުމޫން
  3. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު
  4. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު
  5. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުހައްމަދު އަމީން
  6. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަލީ އިހުސާން
  7. މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ތޯރިގު އިބްރާހީމް
  8. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ އަލީ ހައިދަރު އަހުމަދު
  9. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު، ދައުލަތުގެ ކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން، ރާއްޖެ އަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން މޮނިޓަ ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން އެންމެ އިސްކަންދެނީ ދިވެހިންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. 

މެދުއިރުމަތި ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓުނީ، އިރާނުގެ ސަރުކާރާއި އަސްކަރިއްޔާގެ އިސް ވެރިންނާއި މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލާއި އެެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އިރާންގެ ޕްރެޒިޑެންޝަލް ކޮމްޕްލެކްސް އަދި އިންޓެލްޖިންސް ހެޑްކުއާޓާސްއަށް ވަނީ ބޮން އަޅާފަ އެވެ.

އިރާނުން ރައްދުގައި ދިން ހަމަލާތަކުގައި އިޒްރޭލާއި މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯނާއި މިސައިލް ހަމަލާތައް ވަނީ ފޮނުވާލާފަ އެވެ.

މެދު އިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ގިނަ ގައުމުތަކުގެ ވައި ސަރަހައްދު ބަންދު ކުރުމުން ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި، ރާއްޖޭގައި ވެސް ގިނަ ޓޫރިސްޓުންތަކެއް ވަނީ ތާށިވެފަ އެވެ. އަދި ރާއްޖެ އަންނަން ހުރި ބައެއް ފްލައިޓްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;