މި ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޖުމްލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބޭއިރު، ގްރޭންޑް ޕްރައިޒްއަކަށް ދެ މީހަކަށް ދިނުމަށް ހަމަޖެހިފައިވަނީ ހައްޖު ދަތުރެކެވެ.
މި ކެމްޕެއިނުގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭއިރު، 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ކެމްޕޭނަށް އެންރޯލްވެ އެވެ.
މީގެ އިތުރުން އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400ރ. އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުން ކުރުމުން ވެސް ކެމްޕެއިނުގައި ބައިވެރިވެވެ އެވެ.
އުރީދޫއިން ބުނީ މި ކެމްޕެއިން ކުރިއަށްގެންދަނީ އެ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ހިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަން ކުރަން ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;