ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ރޭ އެއާޕޯޓަށް ވަޑައިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނުފުރި ތިބި ފަތުރުވެރިންނަށް އެއާޕޯޓުގައި ފަސޭހައިން ތިބެވޭނެ އިންތިޒާމުތަކެއް އެމްއޭސީއެލް މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށެވެ.
ކުރީގެ އައިލެންޑް އޭވިއޭޝަންގެ ލައުންޖު ހުޅުވައިގެން އެތަން ސާފުކޮށްފައި އެތަނުގައި ވެސް އާއިލާތަކަށް ތިބެވޭނެ ގޮތަށް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނުފުރި ރޭގައި އެއާޕޯޓްގައި ގިނަ އަދަދެއްގެ ފަތުރުވެރިން މަޑުކުރަން ޖެހުނެވެ. އެ މީހުން ތިބީ ކުރީގެ ޑޮމެސްޓިކް ޓާމިނަލާއި ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތީގައި ހުންނަ ރެސްޓޯރެންޓުގެ ތިރީގައި ހުންނަ އޭސީ ސަރަހައްދުގަ އެވެ.
އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލާދޭން ފަށާފައި ވަނީ އިއްޔެ އެވެ. އެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދެމުންނެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ނުވަ މިނިސްޓަރުން ހިމަނައިގެން ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައްވައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;