ads
އަގީލް
ފިލައިގެން އުޅުނު އަގީލް ވާނުވާ ބަންދަށް
ފީފާއިން އެފްއޭއެމަށް ފޮނުވި ފައިސާ ލޯންޑާކުރަން އެހީތެރިވި މައްސަލައިގެ ތުހުމަތުވާ މުހައްމަދު އަގީލް، ފިލައިގެން ރާއްޖޭން ބޭރުގައި އުޅެނިކޮށް، ރެޑް ނޯޓިސް ނެރެ، ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްގެން މާލެ ގެނެސް ވާނުވާ ބަންދަށް ލައިފިއެވެ.
Advertisement

އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި އެތަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޝަރީއަތަށް، އަގީލް ހައްޔަރުކޮށްގެން ހާޒިރު ކުރަން ވެސް ކުރިން އަމުރު ކުރިއެވެ. އެކަމަކު އޭނާ ފިލައިގެން ރާއްޖޭން ބޭރަށް ދިޔައީއެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި 32 އަހަރަށް ޖަލަށްލާން ބައްސާމްގެ މައްޗަށް ހުކުމް ކޮށްފައިވާއިރު، އަގީލްގެ މައްޗަށްވެސް އޮތީ ދައުވާކޮށްފައެވެ. އަގީލްގެ މައްޗަށް ދައުވާކޮށްފައި އޮތީ، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

އަގީލް ވަނީ މީގެ ކުރިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްސަލައިގައި ހެކިބަސް ދީފައެވެ. ޝަރީއަތުގައި ހެކިބަސް ދެމުން އަގީލް ވަނީ މަހަކު 5،000 ޑޮލަރުގެ އެލަވަންސެއް ބައްސާމް ނެންގެވި ކަމަށް ކުރިން ބުނެފައެވެ.

އަގީލް ހައްޔަރު ކުރީ ޖަނަވަރީ ފަހުކޮޅު ބެންކޮކުންނެވެ. އަދި އޭނާ މާލެ ގެނެސް މިހާރުވަނީ ޝަރިއަތް ނިމެންދެން ބަންދުކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;