އަމީތާބް ގަނެފައިވަނީ 2.67 އޭކަރުގެ ބޮޑު ބިމެކެވެ. މިއީ ގާތްގަނޑަކަށް 35 ކްރޯޑް އިންޑިއާ ރުޕީސްގެ އިންވެސްޓްމަންޓެކެވެ.
މި ބިމަކީ ސަރަޔޫ ކޯރުގެ އައްސޭރި ފަށުގައި ތަރައްގީކުރާ "ދަ ސަރަޔޫ" މަޝްރޫއާ ކައިރީގައި އޮތް ބިމެކެވެ. މިއީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އަޔޯދިޔާގެ ރިއަލް އެސްޓޭޓް މާކެޓުގައި އަމީތާބް ކުރި ހަތަރުވަނަ ބޮޑު އިންވެސްޓްމަންޓެވެ. މީގެ ކުރިން 2024 ވަނަ އަހަރު އޭނާ ވަނީ އަމިއްލަ ގެއެއް އެޅުމަށް 14.5 ކްރޯޑް ރުޕީސްގެ ބިމެއްވެސް އެ ސިޓީން ގަނެފައެވެ.
އަޔޯދިޔާގައި ރާމް މަންދިރު ބިނާކުރުމާ ގުޅިގެން އެ ސިޓީގެ ބިމުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި 2020 ވަނަ އަހަރާ އަޅާބަލާއިރު ބިމުގެ އަގު މިހާރު ވަނީ 4.5 ގުނައަށް ބޮޑުވެފައެވެ. އިންޓަނޭޝަނަލް އެއާޕޯޓާއި ދަތުރުފަތުރުގެ ވަސީލަތްތައް ރަނގަޅުވުމަކީ އަމީތާބް ފަދަ ބޮޑެތި އިންވެސްޓަރުން އަޔޯދިޔާއަށް ޝައުގުވެރިވާ މުހިންމު ސަބަބެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;