ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒެވެ. ސަރުކާރުން ހުށަހެޅި އިސްލާހުގައި އޮތީ، ރިއާޔަތް ކުރެވޭ ވަކި ހާއްސަ ކަންކަމަށް ބަލައި، ވަކި ފިޔަފާރިއަކަށް ނިސްބަތްވާ ވަޒީފާ ދޭ ފަރާތްތަކުން ދައްކަން ޖެހޭ ކޯޓާ ފީ ދެއްކުން އިސްތިސްނާ ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.
އެ ގޮތުން، އެ ފަދައިން އިސްތިސްނާކުރާއިރު ބައެއް ކަންކަމަށް ރިއާޔަތްކުރަންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ. އެއީ:
މިދިޔަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް ތަޅުމަށް ހުށަހެޅި އެ އިސްލާހަށް ކޮމިޓީ މަރުހަލާގައި އިތުރު ބަދަލެއް ގެނައުމަކާ ނުލައި މިއަދު ވަނީ ތަޅުމުން ފާސްކޮށްފަ އެވެ. އެގޮތުން އެ ބިލު ފާސްކޮށްފައި ވަނީ 62 މެންބަރުންގެ އިއްތިފާގުންނެވެ. އެ އިސްލާހާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.
މި ބިލުގައި ހުރި ކަންކަމަށް އަމަލު ކުރަން ފެށުން އޮތީ ބިލު ފާސްކޮށް، ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;