އޭނާ ހޯދަން ފުލުހުން އިއުލާންކުރީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައެއްގެ ތަހުގީގަށްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައިގެ ތަހުގީގަށް އޭނާ ހޯދަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް މިމަހުގެ 10 ވަނަ ދުވަހު ހަވީރު، ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން އިމާރާތަށް ހާޒިރުވުމަށްވެސް ފުލުހުން އެނގިއެވެ.
އެހެންނަމަވެސް އިއްޔެ އޭނާ ތަހުގީގަށް ހާޒިރުވެފައި ނުވާާކަމަށް ފުލުހުން ބުނެއެވެ.
އާމިރު ހޯދަން ފުލުހުން އިއުލާންކުރިއިރުވެސް އޭނާ ދިރިއުޅެމުން އަންނަނީ ޖަޕާންގައެވެ. އޭނާ ޖަޕާންގައި ދިރިއުޅެނީ އެ ގައުމުން މީހަކާއި އިނދެގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;