އެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 1 އިން 7 އަށް ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓުގަ އެވެ.
ޓައިޓަންސް ބާސްކެޓްބޯލް އެކެޑެމީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ މަގުސަދަކީ، ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
މި މުބާރާތަށް މި އަހަރުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކޮށް ދިރާގުން ބުނީ މި މުބާރާތުގައި ޖުމްލަ 448 ކުޅުންތެރިން 112 ޓީމަކުން ބައިވެރިވެފައިވާ ކަމަށެވެ.
އެ މުބާރާތުގައި އެކި އުމުރުފުރާތަކުން ޗެމްޕިއަންކަން ހޯދައިފައިވާ ޓީމުތަކަކީ:
ދިރާގަކީ ބާސްކެޓް ބޯޅަ ފަދަ އެކި ކުޅިވަރުތައް ތަރައްގީކުރުމުގައި އެކި ފަރާތްތަކާއި އެކު މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;