ads
މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ އަލީ ހައިދަރު އަހްމަދު
ސަގާފަތާއި އިންޑިއާ މިއުޒިކް ކިޔަވަން އިންޑިއާގެ ސްކޮލަޝިޕަށް ކުރިމަތިލާން އެދެފި
ސަގާފަތުގެ ދާއިރާގެ ހިމެނޭހެން ހަ ދާއިރާއަކުން އިންޑިއާގައި މަތީ ތައުލީމު ހާސިލްކުރަން ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
Advertisement

ހަޔާ އެޑިއުކޭޝަނުން ބުނީ އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރް) އިން ހިންގުމަށް ހަމަޖެހިފައިވާ "އެއިޑް-ޓު-މޯލްޑިވްސް ސްކީމް" ގެ ދަށުން ދިވެހިރާއްޖެއަށް 20 އަންޑާގުރެޖުއޭޓް ފުރުސަތު ލިބިފައިވާކަމަށެވެ.  މިސްކޮލާޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލާޝިޕް ދޭ ފަރާތުންކަމަށް މިނިސްޓްރީން ބުނެއެވެ. 

މި ސްކޮލާޝިޕްގެ ދަށުން، އިންޖިނިއަރިން އަދި ޓެކްނޮލޮޖީގެ ދާއިރާއާއި، ސައިންސާއި ދަނޑުވެރިކަމުގެ ދާއިރާއާއި، ތާރީހާއި ސަގާފަތުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާއާއި، އާޔޫރުވެދާ ފަދަ ފަތްޕިލާވެލީގެ ބޭސްވެރިކަމުގެ ދާއިރާ، އަދި ސަގާފީ އިންޑިއާ ނެށުމާއި ސަގާފީ އިންޑިއާ މިއުޒިކް ފަދަ ދާއިރާތަކުގެ ކޯސްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފައެވެ.

މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv ، ކުރި ޕޯޓަލް  https://kuri.gov.mv ފެންނާނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި  މި ސްކޮލާޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އެޕްރީލް ވާ ބުދަ ދުވަހުގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށައެޅުމަށް މިނިސްޓްރީން ވަނީ ބުނެފައެވެ، އެޕްލިކޭޝަން ހުށައަޅަން ޖެހޭނީ ވެބްސައިޓް:https://a2ascholarships.iccr.gov.in އަށްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަންވާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަން ޖެހޭނެކަަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;