ads
ިމިނިސްޓަރު ފައްޔާޒު---ފޮޓޯ:އަވަސް
އާމްދަނީއަށް އަސަރުކޮށްގެން 2291 ފަރާތެއް ރިޕޯޓުކޮށްފައިވޭ: ފައްޔާޒު
މިއަދާ ހަމައަށް އާމްދަނީއަށް އަސަރުކޮށްގެން 2291 ފަރާތެއް ރިޕޯޓުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިހާތަނަށް ނޯޕޭ ލީވްގެ ގޮތުގައި 639 ފަރާތެއް ޖޮބް ޕޯޓަލްއަށް ހުށަހަޅާފައިވާ ކަމަށާއި ވަޒީފާއިން ވަކިކުރި 571 ފަރާތެއް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން ސެލަރީ ކުޑަކޮށްގެން 385 ފާރަތަކާއި ވަޒީފާއިން ސަސްޕެންޑުކޮށްގެން 162 ފަރާތަކާއި ސެލްޕް އެމްޕްލޮއިޑް 280 ފަރާތެއް މައްސަލަ ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖުމްލަ މިއަދާ ހަމައަށް 2291 ފަރާތެއް އެކިއެކި ގޮތްގޮތުން އާމްދަނީއަށް އަސަރުކޮށްގެން ޖޮބް ޕޯޓަލްއަށް ހުށަހަޅާފައިވާކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލައާ، މުސާރަ ނުދީ ފޮނުވާލަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ދަނީ އަރަމުންނެވެ. 

މިކަމަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ޖޮބް ސެންޓަރެއް ގާއިމުކޮށްފައިވާއިރު ވަޒީފާއާ ގުޅޭ ޝަކުވާއެއް އޮތްނަމަ އެކަން ހިއްސާކުރަން ސަރުކާރުން އެދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް