ads
ޒަކާތުން 500،000ރ. ގާޒާގެ ރައްޔިތުންނަށް ހަދިޔާކޮށްފި
ޒަކާތުން 500،000ރ. ގާޒާގެ ރައްޔިތުންނަށް ހަދިޔާކޮށްފި
މިއަހަރުގެ ރޯދަ މަހު ފިތުރު ޒަކާތުގެ ގޮތުގައި 15.9 މިލިޔަން ރުފިޔާ ލިބިފަވާކަމަށާއި މީގެތެރެއިން ގާޒާގެ ރައްޔިތުންނަށް 500،000ރ. ހަދިޔާކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސިންއިން ބުނެފި އެވެ.
Advertisement

ޒަކާތު ހައުސް އިން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް 500،000ރ. ހަދިޔާކުރީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

މި ފައިސާ ޒަކާތު ހައުސްގެ ފަރާތުން ހަވާލުކޮށްފައިވަނީ އިސްރާ އެސޯސިއޭޝަނާ އެވެ.

ޒަކާތު ހައުސްއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ ރޯދަ މަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނީ 13،573،885 (ތޭރަ މިލިއަން ފަސްލައްކަ ހަތްދިހަ ތިންހާސް އަށްސަތޭކަ އަށްޑިހަ ފަސް) ރުފިޔާ އެވެ. 

މި އަހަރުގެ ރޯދަ މަހު ފިތުރު ޒަކާތުގެ ގޮތުގައި ފައިސާއިން ލިބިފައިވަނީ 15،009،749 (ފަނަރަ މިލިއަން ނުވަހާސް ހަތްސަތޭކަ ސާޅީސް ނުވަ) ރުފިޔާއެވެ. އެއީ ނިމުނު އަހަރު ފައިސާއިން ލިބުނު ފިތުރު ޒަކާތަށްވުރެ 10.5 އިންސައްތަ އިތުރު އަދަދެކެވެ. 

2024 ވަނަ އަހަރު ފިތުރު ޒަކާަތުގެ ގޮތުގައި 12.5 މިލިއަން ރުފިޔާަ އަދި 2023 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 12.6 މިލިއަން ރުފިޔާ ލިބުނެވެ. 

މި ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދަކީ ފާއިތުވި ތިން އަހަރު ލިބުނު ފައިސާގެ އަދަދަށްވުރެ ގިނަ އަދަދެކެވެ. އަހަރުން އަހަރަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިތުރުވަމުންދާައިރު، މި އަހަރަކީ މިހާތަނަށް ރާއްޖޭގައި ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރެވެ. 

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމާ ގުޅިގެން މި އަހަރު ފަގީރުންނާއި މިސްކީނުންނަށް ފިތުރު ޒަކާތުގެ ގޮތުގައި ބެހި ފައިސާގެ އަދަދުވެސް އިތުރުވެފައި ވެއެވެ. އެގޮތުން ހަމަހަމަައަށް ޒަކާތުގެ ފައިސާ ބެހުމަށް ނިންމި އުސޫލުގެ ދަށުން މި އަހަރު ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 6،000 ރުފިޔާގެ މަގުން ފިތުރު ޒަކާތުގެ ފައިސާ ބަހާފައިވެ އެވެ. 

އިސްރާއީލުން 1967ގައި ގާޒާއަށް ވެރިވެގަތުމަށް ފަހު، ގާޒާގެ ރައްޔިތުންނަށް އަނިޔާކުރުމާއި އިމާރާތްތަކަށް ގެއްލުން ދިނުން ހުއްޓާލައިފައެއްނުވެ އެވެ. އަދި 7 އޮކްޓޫބަރު 2023ގައި އިސްރާއީލުން ހަމަލާތައް ވަރުގަދަކޮށް، ގިނަ އަދަދެއްގެ މީހުން ޝަހީދުކޮށްފައި ވެއެވެ.

މި ނިމުނު ރޯދަމަހު ފަލަސްތީނުގެ ގިނަ އަދަދެއްގެ މުސްލިމުންނަށް ނަމާދު ކުރަން ޖެހިފައިވަނީ ސުންނާފަތިވެފައިވާ ނުވަތަ ވަގުތީ ގޮތުން މަރާމާތު ކޮށްފައިވާ މިސްކިތްތަކުގައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;