ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖެއަށް މުދާ އެތެރެކުރާ މާކެޓުތަކުން ވެސް ކުރިއަށް ވުރެ ގިނައިން މުދާ އެތެރެކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އިންޑޮނޭޝިއާއި އޮމާންއިން ކުރިން ނުގެންނަ ވަރަށް މިހާރު މުދާ ގެންނަމުންދާކަމަށެވެ. އަދި ޗައިނާ-ރާއްޖެ މިނިވަން ފިޔަފާރި އެއްބަސްވުމުގެ ދަށުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ވިޔަފާރީގެ އެކި ދާއިރާތަކުން އެފުރިކާގެ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
އޭގެ އިތުރަށް ކަނޑުމަގުންނާއި ވައިގެ މަގުން ލިންކުތަކެއް އެޅުމުގެ މަސައްކަތް ދަތުރުފަތުރާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވުޒާރާއެކު މަސައްކަތްކުރަމުންދާ ކަމަށާއި، އެގޮތުން އެފުރިކާގެ ވަރުގަދަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، މި ހާލަތުގައި ވެސް އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހި ކުރުމަށް، އިގްތިސާދު އެހެން ގޮތްތަކަށް ޑައިވާސިފައި ކުރުމަށް ވެސް އިސްކަންދޭ ކަމަށެވެ. އެގޮތުން އެސްއީޒެޑްގެ ތެރެއިން ސަސްޓެއިނަބަލް ޓައުންޝިޕްގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެ ޕްރޮޖެކްޓަށް ބޭނުންވާ ސަރަހައްދު އެއްކޮށް ހިއްކާ ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;