ads
ގޭސް
އެސްޓީއޯއިން ގޭހުގެ ސްޓޯރޭޖަށް 1500 ޓަނު އިތުރުކުރަނީ
އެސްޓީއޯއިން މާލެ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ރައްކާ ކުރެވޭ ފެސިލިޓީއެއް ތަރައްގީ ކުރުމުގެ މަސަައްކަތް ފަށައި، މި އަހަރު ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުން ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު ވިދާޅުވީ، ގޭސް ރައްކާ ކުރުމާ ގުޅޭ ޕްރޮޖެކްޓުގެ ޕްރޮކިއުމަންޓު މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދީފައިވާ ކަމަށެވެ. 

އެ ޕްރޮޖެޓު މި އަހަރުގެ ނިޔަލަށް ނިންމަން ތާވަލު ކޮށްފައިވާއިރު، އޭރުން ދެ މަހާއި 15 ދުވަހުގެ މުއްދަތަށް މޯލްޑިވް ގޭހުން، ގޭސް ސްޓޯރު ކުރެވޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މޯލްޑިވް ގޭހަށް މިހާރު އެއްފަހަރާ ރައްކާ ކުރެވެނީ 1،000 ޓަނުގެ ގޭހެވެ. 

"އެސްޓީއޯއިން އަޅުގަނޑަށް އަންގާފައި އޮތީ މިހާރު ޕްރޮކިއުމަންޓް ލެވެލްގައޭ އޮތީ، އިތުރު 1،500 ޓަނުގެ ސްޓޯރޭޖު މާލެ ސަރަހައްދުގައި ޑިވެލޮޕްކުރަން. މިއަހަރު ނިމެންވާއިރަށް އެ ޕްރޮޖެކްޓު ނިމޭނެކަމަށް އެސްޓީއޯއިން ވިދާޅުވެފައި އޮތީ،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު އިތުރަށް ވިދާޅުވީ، ގޭސް ޝިޕްމަންޓްތައް ބެލެހެއްޓުމުގައި ދިމާވާ އޮޕަރޭޝަނަލް ކަންކަމަށް ރިއާޔަތްކުރާއިރު، ރައްކާކުރެވޭ މިންވަރު އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެލުގެ ރިޒާވް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިފަހުން ވަނީ ވިދާޅުވެފަ އެވެ.

ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ހަރަދުކޮށް، ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ކޮންމެ ފިޔަވައްސަކަށް ދޮޅު އަހަރު ނުވަތަ ދެ އަހަރު ހޭދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ ތެލަށް ބަރޯސާވެފައިވާ ގައުމަކަށްވުމާއެކު އެންމެ ފުރަތަމަ ދުނިޔޭގައި ހިނގާ ކަމަކުން ހާއްސަން އަންނަނީ ތެލަށެވެ. އަދި ކޮންމެ އަހަރަކު ރާއްޖެއަށް 900 މިލިއަން ޑޮލަރުގެ ތެޔޮ ރާއްޖެއަށް އެތެރެކުރަން ޖެހެ އެވެ. 

މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން އަންނަނީ މެދުއިރުމަތީގައި އެ ދެ ގައުމުގެ މަސްލަހަތު އޮތް ތަންތަނަށް ހަމަލާ ދެމުންނެވެ. އޭގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫ އަރައިފައިވުމުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރޫޓްތަކުން ދަތުރުތައް ވަނީ މަދުވެފަ އެވެ.

މީގެ އިތުރުން، ތެލުގެ ބޮޑެތި ޝިޕްމެންޓްތައް އުފުލާ ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ސަޕްލައި ޗެއިންއަށް ބުރޫ އަރައި ތެލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;