ads
އެމްޕީއެލުންގެ ބަނދަރުން މުދާ ހުސްކުރަނީ
ހަރަދުކުޑަކުރަން ޑިއުޓީ ވަގުތު ކުޑަކޮށް އެމްޕީއެލުން އިތުރު ފިޔަވަޅުތަކެއް
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެމްޕީއެލްގެ ހަރަދުތައް ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ ރަސްމީ ގަޑި ކުރުކޮށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
Advertisement

އެމްޕީއެލްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށެވެ. އެގޮތުން، އެ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ 7:30އިން 14:00އަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ ކުރިން އެ މުވައްޒަފުން މަސައްކަތް ކުރަމުން އައީ 7:30 އިން 15:30 އަށެވެ. 

މީގެއިތުރުންވެސް އިތުރު ފިޔަވަޅުތައް އަޅަން ވަނީ ނިންމާފައެވެ. 

އެމްޕީއެލުން ހަރަދުކުޑަކުރަން އަޅާ ފިޔަވަޅުތައް: 

  • އޮޕަރޭޝަނަލް ޝިފްޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ގަޑި ދުވާލަކު 8 ގަޑިއިރަށް ވުރެ އިތުރު ނުކުރުން 
  • ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުން - މީގެ ތެރޭގައި ބޭރުގެ ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދުތައް ހަމަޖައްސާ ދަތުރުތަކުގައި ވެސް ކުންފުނިން ކުރާ ހަރަދުތައް ވީހާވެސް ކުޑަކުރުމާއި ބޭރުގައި ތިބޭ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އެކު އޮންލައިންކޮށް ބައްދަލުވުން ބާއްވަން ހަމަޖެއްސުން ވެސް ހިމެނޭ 
  • ރާއްޖެއިން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށްގެންދާ ތަމްރީންތައް ހުއްޓާލައި، އެފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން 
  • މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުން 
  • ކަރަންޓުގެ ހަރަދު ކުޑަކުރުން   

މި ބަދަލުތައް ގެނައި ނަމަވެސް މާލޭ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއާ ކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެމްޕީއެލުން ބުނެއެވެ. 

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ހަރަދުކުޑަކުރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަޓައިޒޭޝަން ބޯޑުން އިއްޔެ ވަނީ އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;