ads
ގަތަރު އެއާލައިންގެ މަތިންދާބޯޓެއް
ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި
މެދުއިރުމަތީގެ ހަނގުރާމައާ ހެދި މެދުކަނޑާލާފައި އޮތް ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް މިއަދު ފަށައިފި އެވެ.
Advertisement

ހަނގުރާމައިގެ ސަބަބުން ދަތުރުތަކަށް ބުރޫއަރާ، ގަތަރު އެއާވޭސް އިން ވަނީ ބައެއް މަންޒިލްތަކަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.

އެ އެއާލައިނުން ނިންމާފައިވަނީ މާލެ އާއި ދޯހާއާ ދެމެދު ހަފްތާއަކު ފަސް ފްލައިޓް ބޭއްވުމަށެވެ. ދޯހާއަކީ ރާއްޖެ އަންނަ ގިނަ ފަތުރުވެރިންގެ ޓްރާންސިޓް މަންޒިލެވެ.

ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފެށުމަކީ ޔޫރަޕާއި އެމެރިކާ ސަރަހައްދުގެ ގައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމެކެވެ.

ގަތަރު އެއާވޭސްގެ ޖެނެރަލް ސާވިސް އެޖެންޓު (ޖީއެސްއޭ)، އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މެދުކަނޑާލާފައި އޮތް ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށާފައިވާ ކަމަށެވެ.

މިއަދު ރާއްޖެ އައި ފްލައިޓުގައި 11 ޓަނުގެ ކާގޯ ގެނައި ކަމަށާއި ރާއްޖެއިން ފުރި އިރު 4000 ކިލޯގެ އެކްސްޕޯޓު ކާގޯ އެ ފްލައިޓުގައި އުފުލި ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ.

ޕެސެންޖާ ޓްރެފިކްގެ އިތުރުން މިއީ ރާއްޖެ އަށް މުހިއްމު ޕެރިޝަބަލް މުދާ އުފުލުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ ރޫޓެއްކަން ފިރާގު ފާހަގަ ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;