ads
ގަތަރު އެއާވޭސް ފްލައިޓެއް ރާއްޖޭ އެއާޕޯޓްގައި
ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި
ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް މިއަދު ފަށައިފިއެވެ.
Advertisement

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ އެއް ފްލައިޓްކަމަށްވާ ގަތަރު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެންނެވެ. 

އެ އެއާލައިނުން މިއަދު ވަނީ އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. އެގޮތުން އެ އެއާލައިނުން ނިންމާފައިވަނީ މާލެ އާއި ދޯހާއާ ދެމެދު ހަފްތާއަކު ފަސް ފްލައިޓް ބޭއްވުމަށެވެ.

ދޯހާއަކީ ރާއްޖެއަށް މެދުއިރުމަތިންނާއި ޔޫރަފުން އަންނަ ގިނަ ފަތުރުވެރިން ޓްރާންސިޓް ވާ މަންޒިލެކެވެ. އަލުން ދަތުރުތައް ފެށުމުން މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ގައުމުތަކަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ. 

އަލުން ދަތުރުތައް ފެށުމުން ގަތަރު އެއާވޭސް އިން ބުނީ ޖޫންމަހުގެ 15ގެ ނިޔަލަށް ދަތުރު ކުރުމަށް ޓިކެޓް ނަގާފައި ހުރި ފަސިންޖަރުންނަށް އެމީހުން ދަތުރުކުރަން ބޭނުންވާ ދުވަސް ފަސޭހައިން ދުވަހަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން މަދުވެފައެވެ. އަދި ރާއްޖެއަށް ޝެޑިއުލްކޮށްފައިވާ 16 ފްލައިޓް އަދިވެސް ދުވާލަކަށް ކެންސަލް ކުރަމުން އަންނަކަމަށް ދާދިފަހުން ޓްއަރިޒަމް މިނިސްޓަރު ތާރިގު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;