ads
މީރާ އޮފީސް
މިދިޔަމަހުގެ އާމްދަނީ 4 ބިލިއަނަށް، 205 މިލިއަން ޑޮލަރު ލިބުނު
މިދިޔަމަހުގެ ދައުލަތަށް އާމްދަނީގެ ގޮތުގައި 4.03 ބިލިއަންް ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
Advertisement

އެ އިދާރާއިން ބުނީ މީ މިދިޔަ އަހަރުގެ މާރިޗުމަހާއި އަޅާކިޔާއިރު 17 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި މީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 26.8 އިންސައްތަ އިތުރު އަދަދެއް ކަަމަށްވެސް މީރާއިން ބުނެއެވެ.

މީރާއިން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެންމެ ބޮޑު އާމްދަނީ ދައުލަތަށް ލިބުނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ މިދިޔަމަހު ލިބުނު އާމްދަނީގެ 59.6 އިންސައްތައެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރިޒޯޓްތަކުގެ ކުލިންނަގާ ޓެކުހުންނެވެ. އެއީ 440 މިލިއަން ރުފިޔާއެވެ. 

ދެން އިތުރަށް އާމްދަނީ ލިބުނު އަދަދުތައް 

  • ގްރީން ޓެކްސްް - 312 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ -  271 މިލިއަން ރުފިޔާ
  • ޑިޕާޗާ ޓެކްސް - 248 މިލިއަން ރުފިޔާ
  • އިންކަމް ޓެކްސް - 198 މިލިއަން ރުފިޔާ 

މީރާއިން ބުނީ މިދިޔަމަހު ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި 205.18 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނޭކަމަށެވެ. 

މީރާއިން ބުނީ މިދިޔަ މަހުގެ އާމްދަނީގެ 7.6 އިންސައްތަ އަކީ އެ އިދާރާއަށް އެކި ފަރާތްތަކުން ނުދައްކާ ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު އާމްދަނީކަމަށެވެ. އެގޮތުން ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުން މިދިޔަމަހު ޖުމްލަ 882 މިލިއަން ރުފިޔާ ހޯދައިފައިވާކަމަށް މީރާއިން ބުނެއެވެ. އޭގެތެރޭގައި ނޯޓިސް ފޮނުވައިގެން ހޯދި 397 މިލިއަން ރުފިޔާ އާއި ޑިއުސް ކްލިއަރެންސްގެ ތެރެއިން ހޯދި 411 މިލިއަން ރުފިޔާ ހިމެނޭކަމަށް މީރާއިން ބުނެއެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 13 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާ މިދިޔަމަހު ހޯދާފައިވާކަމަށްވެސްް މީރާއިން ބުނެއެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;