ads
ފޮޓޯ:--
ކޮވިޑް-19: ޔޫކޭގައި ހަ ހަފްތާގެ ތުއްތު ކުއްޖަކު މަރުވެއްޖެ
އިނގިރޭސި ވިލާތުގައި އުމުރުން ހަ ހަފްތާގެ ތުއްތު ކުއްޖަކު ކޮވިޑް-19 ގެ ސަބަބުން މަރު ވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން މަރުވި ތުއްތު ކުއްޖާގެ މަރު ރިޕޯޓު ކޮށްފައިވަނީ ހުކުރު ދުވަހުގެ މެންދުރު ފަހުގައި ކަމަށް ޔޫކޭ ގެ ސްކައި ނިއުސް މީޑިއާ އިން ވަނީ ރިޕޯޓު ކޮށްފަ އެވެ.

މެންދުރު ފަހު ތުއްތު ކުއްޖާގެ މަރު ރިޕޯޓު ކޮށްފައިވީ ނަމަވެސް، ކުއްޖާ މަރުވެފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުގައި ކަމަށް އިނގިރޭސި ވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އަށް ހަވާލާދީ ބީބީސީ އިން ވަނީ ރިޕޯޓު ކޮށްފަ އެވެ.

މީގެ އިތުރުން، މަރުވެފައިވާ ތުއްތު ކުއްޖާ އަކީ އިތުރު ސިއްހީ މައްސަލަ ތަކެއް ހުރި ކުއްޖެއް ކަމަށް އެންއެޗްއެސް އިން ބުނެފައިވާ ކަމަށް ބީބީސީ އިން ވަނީ ރިޕޯޓު ކޮށްފަ އެވެ.

ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުވި ކަމަށް އެ ގައުމުގައި ރިޕޯޓު ކުރެވުނު އަދަދު ވަނީ ފާއިތުވި ދުވަސް ތަކާއި ބަލާފައި އިތުރު ވެފަ އެވެ. ޔޫކޭ ގައި 24 ގަޑިއިރުގެ ތެރޭގައި 624 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓު ކުރި އިރު، މުޅިއަކު މަރުވި މީހުންގެ އަދަދު ވަނީ 31،000 އަށް ވުރެ މައްޗައް އަރާފަ އެވެ.

އިނގިރޭސި ވިލާތު ގައި ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅު ތަކަށް ލުއި ދިނުމުގެ ގޮތުން ބޮޑުވަޒީރު ބޮރިސް ޖޯންސަން އަންނަ އާދީއްތަ ދުވަހު ރައްޔިތުންނާއި މުހާތަބު ކުރުމަށް ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް