ads
ކައުންސިލް އިންތިހާބުގައި ޕީއެންސީ ބޭއްވި ބޮޑު ހިނގާލުމުގެ ތެރެއިން
ހިތަދޫ އުތުރު ދާއިރާއަށް ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓަކު ހޯދަނީ
ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނަން ހުށައެޅުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.
Advertisement

އައްޑޫ ސިޓީގެ ހިތަދޫ ދާއިރާގެ ގޮނޑީގައި މިހާތަނަށް އިންނެވި ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ނިންމީ މިދިޔަ އާދިއްތަ ދުވަހުއެވެ. ސިނާންގެ މެންބަރުކަން ގެއްލުނީ ސާބިތު ދަރަންޏެއް އޮވެ، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާ ކުރަމުން ނުދިޔުމުން އެ މައްސަލަ ބަލާ ސުޕްރީމް ކޯޓުން ގޮތް ނިންމުމުންނެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވަން ނިންމިކަން އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ  އިއުލާންކޮށްފައެވެ. 

ވެރިކަން ކުރާ ޕީއެންސީވަނީ އެ ޕާޓިގެ ޓިކެޓްގައި ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޕީއެންސީން ބުނީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ޕާޓީގެ ޢާންމު މެމްބަރުންނަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ހުޅުވާލާފައިވާ ކަަމަށެވެ.

ވަގުތު ހަމަވާއިރު ޝަރުޠުތައް ފުރިހަމަވާ އަދި ޕާޓީގެ އިންތިހާބުތަކާއިގުޅޭ ޓެކްނިކަލް ކޮމިޓީއިން ބަލާ މިންގަނޑުތަކަށް ފެތޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ ޕާޓީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓެއް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ބޭއްވޭ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުން ކަމަށް ޕީއެންސީން ބުނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ އެންމެހާ ލިޔެކިޔުންތައް އެކަމަށް އޮންނަ އިޖުރާއާތުތަކުގެ ތެރެއިން ހޯދާ އެ ލިޔެކިޔުންތައްވެސް ހުށަހަޅާންވާނެ ކަމަށް ޕީއެންސީން ބުނެއެވެ. 

ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެނަމަ ޕްރައިމަރީގައި ވޯޓުދެވޭނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށާއި، 13 އޭޕްރިލް ވީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް، ކޮންގްރެސް ޕާޓީގެ މެންބަރަކަށްވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތްތަކަށްކަމަށް ޕީއެންސީން ބުނެއެވެ. ޕްރައިމަރީ ބާއްވަން ޖެހިއްޖެނަމަ ޕްރައިމެރީ އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުކަމަށްވެސް ޕީއެންސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;