ads
ކޮވިޑް-19 އަށް 4 މިލިއަން މީހުން ޕޮޒިޓިވްވެއްޖެ
މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ހަތަރު މިލިއަނަށް އަރައިފި އެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މި ވަނީ 4,038,747 އަށް އަރާފަ އެވެ. އަދި ވައިރަހުގެ އަސަރު އެންމެ ބޮޑަށްް ކުރި ގައުމު ތަކުން، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާއިރު، ކޮވިޑް-19ގެ ދެ ވަނަ ރޯޅިއެއް ކުރިމަތި ވެދާނެ ކަމުގެ ބިރު އޮތީ ބޮޑުވެފަ އެވެ.

ކޮވިޑް-19 އަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައި ވަނީ އެމެރިކާ އިންނެވެ. އެ ގައުމުގައި 1.3 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި 78،794 މީހުން އެ ގައުމުގައި ވަނީ ކޮވިޑް-19 ގެ ސަބަބުން މަރުވެފަ އެވެ. އެމެރިކާ ގައި 20.3 މިލިއަން މީހުންގެ ވަޒީފާ ބަލިމަޑުކަމާއި ގުޅިގެން ގެއްލިފައިވާ ކަމަށް އަލްޖަޒީރާގައި ރިޕޯޓްކުރެ އެވެ. 

އެމެރިކާގެ ބޭރުން ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ޔޫރަޕުގެ ގައުމު ތަކަށެވެ. އެގޮތުން ޔޫރަޕުގައި ވައިރަސް އެންމެ ފުރަތަމަ އެންމެ ބޮޑަށް ފެތުރުނު ގައުމު ކަމަށްވާ އިޓަލީ އިން ދެ ލައްކައަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، އެ ގައުމުން މިހާރު ވަނީ ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިން ފަށާފަ އެވެ. 

އެ ސަރަހައްދުގައި މިހާރު އެންމެ ބޮޑަށް ވައިރަސް ފެތުރޭ ގައުމުު ތަކުގެ ގޮތުގައި ހިމެނެނީ އެނގިރޭސި ވިލާތުގެ ގައުމުތަކާއި، ރަޝިއާ އެވެ. އިނގިރޭސި ވިލާތަކީ ދުނިޔެއިން ދެ ވަނަ އެންމެ ގިނަ މީހުން މަރުވެފައިވަ ގައުމެވެ. އަދި ރަޝިއާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ދެ ލައްކަ އަށް ވަނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އަރާފަ އެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ގައުމު ކަމަށްވާ ޗައިނާ އިން ވައިރަސް ވަނީ ވަރަށް ބޮޑަށް މިހާރު ކޮންޓްރޯލް ކޮށްފަ އެވެ. ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ވައިރަސް މިހާރު ކޮންޓްރޯލް ކޮށްފައިވާ ގައުމުތަކުގައި ނިމިގެން އެ ދިޔައީ ފުރަތަމަ ފޭސް ކަމަށާއި، ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކަށް ލުއި ދިން ކަމުގައިވީ ނަމަވެސް ފަރުވާ ކުޑަކޮށްފި ނަމަ، ވައިރަސް އަނެއްކާ ފެތުރެން ފެށުން އެކަށީގެންވާ ކަމަށެވެ.

ޗައިނާގެ ބޭރުން އޭޝިއާގައި ވައިރަސް އެންމެ ބޮޑަށް ފެތުރުނު ގައުމު ކަމަށްވާ ދެކުނު ކޮރެއާ އިން ވައިރަސް މުޅިން ކޮންޓްރޯލް ކޮށޤ، ގައުމުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅު ތަކަށް ލުއި ދިނުމުން ކޮވިޑް-19 ގެ އާ 34 ކޭސް މި ވަނީ އެ ގައުމުން ފެނިފަ އެވެ. މިކަމާއި ގުޅިގެން، އެ ގައުމުގެ، ކްލަބް ތަކާއި، ބާ ތައް އަދި ރެސްޓޮރަންޓް ތަށް އަނެއްކާ ވަނީ ބަންދު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް