ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ޔޫއޭއީއާ އެކު ސީޕާ އެގްރިމެންޓެއްގައި ސޮއިކުރުމުގެ މަޝްވަރާތައް މިހާރު "އެޑްވާންސްޑް ސްޓޭޖަށް" ގޮސްފައިވާ ކަމަށާއި އެ މަޝްވަރާތައް ކުރަނީ ޔޫއޭއީގެ ފޮރިން ޓްރޭޑް މިނިސްޓްރީ އާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ކަމުގަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގައި ވެސް ރާއްޖެއިން ހިމަނާނީ މަހުގެ އުފެއްފުންތަކެވެ. އަދި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމުގައި ލުއި ގޮތްތައް ހޯދުމަކީ ރާއްޖެއިން ގައުމުތަކާ އެކު ކުރާ ވިޔަފާރީގެ ހުރިހާ މަޝްވަރާއެއްގައި ވެސް އެންމެ އިސްކަންދޭ ކަންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުންދު އެގޮތަށް ވިދާޅުވިއިރު، އިނގިރޭސިވިލާތުން ރާއްޖެ މަހުގެ ބާވަތްތަކަށް ނަގާ ޓެރިފް ވެސް ދެ އަހަރުގެ މުއްދަތަކަށް މެދުކަނޑާލަން އެ ގައުމުގެ ސަރުކާރުން އިއްޔެ ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން، ސަރުކާރުން އަންނަނީ ދުނިޔޭގެ އެކި ގައުމުތަކާއެކު އިގްތިސާދީ ގުޅުން ބަދަހިކޮށް، ދިވެހި އުފެއްދުންތަކަށް ބޭރުގެ މާކެޓްތަކުން ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;