ads
އޮސްކާ ބްރޫޒޮން
ޖޫންގައި ލީގު ނުފެށޭނަމަ އެންމެ ބުއްދިވެރީ ކެންސަލް ކުރުން
ކޮރޯނާއާއި ގުޅިގެން މެދު ކަނޑާލާފައިވާ ބަންގްލަދޭޝް ޕްރިމިއަރ ލީގުގެ ކުޅުން، ޖޫން މަހު އަލުން ނުފެށޭ ނަމަ އެންމެ ބުއްދިވެރީ ލީގު ކެންސަލް ކުރުން ކަމަށް ޑިފެންޑިން ޗެމްޕިއަން ބަޝަންދުރާ ކިންގްސްގެ ކޯޗު އޮސްކާ ބްރޫޒޮން ބުނެފިއެވެ.

ކުރިން ރާއްޖޭގައި ނިއުރޭޑިއަންޓާއި އެކު އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް، އަދި ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ހޯދާފައިވާ އޮސްކާ ބުނީ، ޖޫންގައި އަލުން ކުޅުން ނުފެށޭނަމަ ލީގު ކެންސަލް ކުރުން ނޫން އެހެން އެއްވެސް ހައްލެން ނެތްކަމަށެވެ. އަދި އެއީ މިހާލަތުގެ ގޮތުން އޮތް ހަމައެކަނި ގޮތް ކަމަށް އޮސްކާ ބުންޏެވެ.

މި ހާލަތުގައި އޮތް ހަމަ އެކަނި ގޮތަކީ ޖޫންގައި ނުފެށޭ ނަމަ ލީގު ކެންސަލް ކުރުން. ޖޫން ކުރީކޮޅު ފެށިއްޖެ ނަމަ ލީގު ނިންމާލަން މާ އުނދަގުލެއް ނުވާނެ. އެކަމަކު އެހާތަނަށް ނުފެށިއްޖެ ނަމަ ކުޅުންތެރިންނަށް ކެތް ނުކުރެވޭ ވަރަށް ލޯޑު ބޮޑުވާނެ. އެހެންކަމުން އަހަރެންނަށް ފެންނަ ގޮތުގައި އެންމެ ބުއްދިވެރީ ލީގު ކެންސަލްކޮށްފައި އަންނަ ސީޒަނަށް ތައްޔާރުވުން.

ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ ބަންގްލަދޭޝްގެ ފުޓްބޯޅަ ލީގު ކުރިއަށް ނުގެންދެވި ހުއްޓާލާން ޖެހިއްޖެ ނަމަ، މިނީ ލީގެއް ކުޅެން އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ޖެމީ ޑޭވެސް ވަނީ ހުށަހަޅާފައެވެ. ޑޭގެ ހުށަހެޅުމަކީ ލީގު ކުރިއަށް ގެންދެވޭނެ ފަދަ ހާލަތަށް އާއްމު ސިއްހީ ހާލަތު ނައިސްފިނަމަ އަހަރުގެ ފަހުކޮޅު މިނީ ލީގެއް ކުޅެ އަންނަ ސީޒަނަށް ތައްޔާރުވާން ފެށުމެވެ. ބަންގްލަދޭޝްގެ ލީގު މެދު ކަނޑާލީ މި ސީޒަންގެ ލީގު ފަށައި މަހެއްވެސް ނުވަނީހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް