ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެޑައިގެންނެވި "އަހާ" ފޯރަމްގެ ތެރެއިން --
"އަހާ" ފޯރަމް އަންނަ ހޯމަދުވަހުގެ ރޭ، ސުވާލު ފޮނުވަންވީ
ވަޒީރުންނާއި ސުވާލުކުރުމަށް ރައީސް އޮފީހުން ބާއްވަމުން އަންނަ "އާހާ" ފޯރަމްގެ ދެވަނަ ފޯރަމް އަންނަ ހޯމަދުވަހުގެރޭ ބާއްވަން ނިންމައިފިއެވެ.

'އަހާ' ފޯރަމްގެ ފުރަތަމަ ފޯރަމް އޮތީ މިދިޔަ ޖެނުއަރީ މަހުގެ 25ގައެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމާއި ރައީސް އޮފީސް ގުޅިގެން ބާއްވާ މި ފޯރަމްގެ ވަޒީރުންނާއި ސުވާލުކުރެވޭ ދެވަނަ ފޯރަމް އޮންނާނީ ހޯމަ ދުވަހުގެރޭ 08:30 ގައެވެ. 

މި ފަހަރުގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ދާހިލީ ވަޒީރު އަލީ އިހުސާނާއި ދަތުރު ފަތުރާއި ބެހޭ ވަޒީރު މުހައްމަދު އަމީނާއި މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި މަތީ ތައުލީމާއި ބެހޭ ޑރ. މަރިޔަމް މާރިޔާ އަދި ޒުވާނުންގެ ވަޒީރު އިބްރާހީމް ވަހީދެވެ.

މި ވަޒީރުންނާއި ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ސުވާލު ފޮނުވަނީ އޭ. އެޗް ޖެހުމަށް ފަހު ހުސްތަންކޮޅެއް ދިނުމަށް ފަހު، 300 މި ނަމްބަރަށެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން އާއްމު ރައްޔިތުންނަށް ސުވާލުކުރުމަށް ފުރުސަތު ދިނުމަށް ކުރިޔަށް ގެންދާ "އަހާ" ފޯރަމްގެ ތެރެއިން ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް