ads
ހަވާ އެރުވުން
ހުޅުމާލޭގައި ދިރާގު ސަރަހައްދުގައި މިރޭ 3 މިނެޓަށް ހަވާއަރުވަނީ
ހުޅުމާލޭ ފޭސް 1 ގައި މިރޭ ހަވާއަރުވާނެކަމަށް ގައުމީ ދިފާއި ބާރުން ބުނެފިއެވެ.

މިރޭ ހަވާ އެރުވުން އޮންނާނީ ހުޅުމާލެ، ފޭސް 1 ގެ ދިރާގު ސަރަޙައްދުގައިކަމަށް އެމްޢެންޑީއެފުން ބުނެއެވެ. މިރޭ 

21:30 ހާއިރު އަރުވާ ހަވާ 3 މިނެޓެއްހާއިރަށް ކުރިއަށްގެންދާނެކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި މީ ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށްވެސް ދިފާއީ ބޭރުން ބުނެއެވެ. 

ފަހަކަށް އައިސް ކައިވެނި ހަފްލާތަކާއި ގުޅިގެންނާއި އެކި އެކި ކާމިޔާބީތައް ފާހަގަކުރުމަށް މާލޭ ސަރަހައްދުގައި އަންނަނީ ހަވާއަރުވަމުންނެވެ. ސިފްކޯއިން މި މަސައްކަތް ކުރަނީ ވިޔަފާރީގެ އުސޫލުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް