ޝަހީމް ވިދާޅުވީ، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެ ވުޒާރާގެ ހާއްސަ ކޮމިޓީއަކުން މިހާރު ފަށާފައިވާ ކަމަށެވެ. މި ޕްލޭންގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އިސްލާމީ އުސޫލުތަކުގެ ތެރެއިން އީދު ފާހަގަކުރުމުގެ ކަންކަން ހަރުދަނާ އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.
މިދިޔަ ބޮޑު އީދުގެ ދުވަސްވަރު ޝަހީމް ވަނީ އީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަގާފަތާ ހިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، އީދުގެ އުފާ ފާޅުކުރަމުންދާއިރު އިސްލާމީ ރިވެރި އަހުލާގާއި ރިވެތި އުސޫލުތަކަށް ރައްކާތެރިވުމަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން އީދުގައި ދުރުވުމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އީދުގެ މުނާސަބަތާއި ގުޅިގެން އުފާފާޅުކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކާއި ބީރައްޓެހި ކަންކަން ބައެއް މީހުން ކުރާތީވެ އެކަމުގެ ކަންބޮޑުވުން ދިވެހި މުޖްތަމައުގައި މިފަހުން ވަނީ އިތުރުވެފަ އެވެ.
އީދުގެ އުފާ ފާހަގަކުރާއިރު މި މުނާސަބަތު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކޮށް މަލާމާތް ނުކުރަން އީދު ހުތުބާގައި ވެސް ވަނީ ގޮވާލައްވާފަ އެވެ.
ކޮންމެ އަހަރެއްގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދުގެ ހަރަކާތްތައް ކުލަގަދަކޮށް ވަރަށް ފޯރިއާއެކު ކުރިއަށްގެންދެ އެވެ. އެގޮތުން މިއަހަރުވެސް އަތޮޅުތެރޭގެ ރަށްރަށުގައި ސަގާފީ ހަރަކާތްތަކާއެކު ކުލަގަދަ ގޮތެއްގައި އީދު ފާހަގަކޮށްފައިވާއިރު، މާލެ ސަރަހައްދުގައިވެސް އީދު ހަވީރުގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;