މިއަހަރުވެސް ރާއްޖެއިން 1000 މީހުން ހައްޖަށް ދިޔައިރު ހުރިހާ ހައްޖުވެރިން ފުރާފައިވަނީ ހަތަރު ގްރޫޕަކަށެވެ. ހަތަރު ގްރޫޕްގެ ހައްޖުވެރިންވެސް މިހާރު ވަނީ ރާއްޖެ އައިސް ނިމިފައެވެ. އެންމެ ފަހު ގްރޫޕް އައީ ރޭ ގައެވެ. ރޭ ރާއްޖެ އައީ 261 ހައްޖުވެރިންނެވެ.
ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ. އަދި، ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކޮށް ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭއިން އެދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;