ads
ފިނޭންސް މިނިސްޓަރު ޒަމީރު މަޖިލީހުގައި ވާހަކަ ދައްކަވަނީ
‏ފިނޭންސް މިނިސްޓަރު ޒަމީރު އިސްތިއުފާ ދެއްވައިފި
މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.
Advertisement

މި ސަރުކާރުގައި އެންމެ ފުރަތަމަ ޒަމީރު ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ. އެ މަގާމުން ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރީ 30 ސެޕްޓެމްބަރު 2024 ގަ އެވެ.

ޒަމީރުގެ އިސްތިއުފާ ދެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ސަބަބެއް ކަމަށް ވިދާޅުވީ ސިއްހީ ސަބަބުތަކެއް ކަމަށް އެނގިފައި ވެއެވެ. 

ޒަމީރު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ސިންގަޕޫރުގައި މުހިންމު ސާޖަރީއެއް ވެސް ކޮށްފަ އެވެ.

ޒަމީރުގެ ވަޒީރުކަމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ މިފަހުގެ ތާރީހެއްގައި ރާއްޖެއިން ދައްކަން ޖެހުނު އެންމެ ބޮޑު ބޭރުގެ ދަރަނި 500 މިލިއަން ޑޮލަރުގެ ސްކޫކް ދައްކާ ހަލާސްކުރުމެވެ. އެއީ، 525 މިލިއަން ޑޮލަރެވެ. 

އެކަމާ ވިދިގެން މާލީ ހާލަތު ވަޒަންކުރާ ބައިނަލްއަގުވާމީ ރޭޓިން ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ސީސީ އިން ސީސީސީމައިނަސް އަށް މިދިޔަ ހަފްތާ މަތިކޮށްފަ އެވެ.

އިސްތިއުފާދެއްވިއިރު، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްކަމުގައި ވެސް ހުންނެވީ ޒަމީރެވެ. އަދި އޭގެ އިތުރުން އިރާން ހަނގުރާމައާ ވިދިގެން އުފައްދާފައިވާ ހާއްސަ ވަޒީރުންގެ ކޮމިޓީގެ ޗެއާއަކީ ވެސް އޭނާ އެވެ. 

ޒަމީރަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ސިޔާސީ ގޮތުން ތަޖުރިބާކާރު ޒަމީރަކީ ވަރަށް ސީނިއާ ޕޮލިޓީޝަނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;