އޮމަރު އާޓަން އަކީ މި ފަހަރުގެ މުބާރާތަށް ހޮވުނު 52 ރެފްރީންގެ ތެރޭގައި ހިމެނޭ، އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަން އިން ހޮވި 2025 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ރެފްރީ އެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް އިންސާފު ކުރުމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދީ ބޭރުކޮށްލުމުން ގިނަ ބައެއްގެ ސަމާލުކަން އޮމަރު އާޓަންއަށް، ލިބުނެވެ.
އަދި ނަސްލީ ތަފާތުކުރުން ތަކުގައި އެމެރިކާ ގެން ގުޅޭ "މުނާފިގު" އުސޫލުތަކަށް ފާޑުކިޔުންތައް އަމާޒުވި އެވެ. އުމުރުން 34 އަހަރުގެ އާޓަން އަށް އެމެރިކާ އިން ވިސާ ދިނުމަށް ފަހު އެތެރެވިޔަނުދީ އެނބުރި ފޮނުވާލީ މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުގެ އިމިގްރޭޝަނުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި އޭނާ ނޭރުވީ ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރުން ކަމަށް ތުހުމަތުކުރެވޭ ބަޔަކާ ގުޅުން އޮތުމުންނެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަތުރުފަތުރުގެ މަނާ ލިސްޓުގައި ހިމެނޭ ސޯމާލިއާއަކީގެ އޮމަރު އާޓަން އެމެރިކާއަށް ނޭރުވުމުން އެބުރި ދިޔައީ އޭނާގެ ގައުމަށެވެ. ކުރިން އޭނާ އުންމީދު ކުރި ގޮތާއި ހިލާފަށް ސޯމާލިއާގެ މޮގަދިޝޫގެ އަދަން އައްދޭ އިންޓަނޭޝަނަލް އެއާޕޯޓަށް އޮމަރު އާޓަން ފޭބުމުން، އޭނާއަށް މަރުހަބާ ކިޔުމަށް ސަރުކާރުގެ އިސް އޮފިޝަލުންނާއި، ސޯމާލިއާ ފުޓްބޯޅަ ފެޑެރޭޝަންގެ މަންދޫބުންނާއި އެހެނިހެން ރެފްރީންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން އެއާޕޯޓަށް ޖަމާވި އެވެ. އަދި އެމީހުން އޮމަރު އާޓަން އަށް "ބަތަލެއްގެ މަރުހަބާ" ކިޔެވެ. މީ އޮމަރު އާޓަން އަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
އެއާޕޯޓުގައި ހުރެ ވާހަކަދައްކަމުން އޮމަރު އާޓަން ބުނީ، އޭނާއަށް ލިބުނު އެއްބާރުލުމަށްޓަކައި ވަޒީރުންނާއި، މަޖިލިސް މެންބަރުންނާއި، މުޅި ގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޭނާ ވަނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ރެފްރީކަންކުރާނެ ކަމުގެ ވައުދު ސޯމާލިއާގެ ރައްޔިތުންނަށް ވެފަ އެވެ.
ސޯމާލިއާގެ ރައްޔިތުންގެ ފަރާޓުން ލިބުނު ހިތްވަރާއެކު "ގަދަ އުންމީދު" ގެއަށް ދިޔަ އޮމަރު އާޓަންގެ ހަބަރުތައް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ދިޔައީ ކަވަރުކުރަމުން ނެވެ. އަދި އޭނާ އާއި މެދު އެމެރިކާއިން ކަންކުރިގޮތުން ފީފާއަށް ވެސް ވަނީ "ޕްރެޝަރު" ބޮޑުވެފަ އެވެ.
ވޯލްޑް ކަޕްގެ ކުރިން ބޭއްވި ފީފާގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނީ، މައްސަލަ ދިމާވި ކޮންމެ ކަމަކަށް ހައްލު ހޯދޭތޯ ފީފާއިން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
އިންފަންޓީނޯ ބުނީ އާތަންއަށް އެމެރިކާއަށް އެތެރެނުވެވުމުން، އެކަން ހައްލު ކުރަން ފީފާއިން ވަރަށް މަސައްކަތް ކުރި ކަމަށެވެ.
ވޯލްޑްކަޕްގައި މި ފަހަރު އިންސާފު ކުރަން ފުރުސަތު ބަންދުވެ، ތަޖުރިބާ އާއި ޝަރަފާ "ގެއްލިފައިވާ" އޮމަރު އާޓަން އަށް ދެން ލިބުނީ އަދި ވަކިން މާ އުފާވެރި ހަބަރެކެވެ. މާ ބޮޑު ފަހުރަކާއި ޝަރަފެކެވެ. އޮމަރު އާޓަން އަށް ޔުއެފާ ސުޕަ ކަޕް މެޗުގެ ރެފްރީކަން ދޭން ޔުއެފާ އިން "ކުއްލިއަކަށް" ނިންމީ އެވެ.
އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ޕެޓްރީސް މޮޓްސެޕޭ ވިދާޅުވީ މިއީ އާޓަން އާއި މުޅި އެފްރިކާ އަށް ލިބުނު ޝަރަފެއް ކަމަށާއި އަދި މިއީ ޔުއެފާ އިން ދެއްކީ ރީތި މިސާލެއް ކަމަށެވެ.
ޔުއެފާ އިން އާޓަން އަށް ސުޕަ ކަޕުން ފުރުސަތު ދޭން ނިންމިކަން އިއުލާންކުރީ ވޯލްޑް ކަޕް ފެށެން މަދު ވަގުތުކޮޅަކަށްވެފައި ވަނިކޮށް ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނެއްގައި އެ ޖަމިއްޔާގެ ރައީސް ސްލޮވީނިއާގެ އެލެކްސެންޑާ ކެފެރިން ވިދާޅުވީ ފުޓްބޯޅައިގެ ބޭނުމަކީ އެކެއް އަނެކެއްގެ މެދުގައި ގުޅުން ބަދަހިކުރުން ކަމަށާއި އޮމަރު އާޓަން އަށް ފުރުސަތު ދޭން ނިންމީ އޭނާ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޕީއެސްޖީ އާއި ޔުރޮޕާ ލީގުގެ ޗެމްޕިއަން އެސްޓަން ވިލާ ބައްދަލުކުރާ ސުޕަ ކަޕް މެޗު އޮންނާނީ އޮގަސްޓް 12 ވަނަ ދުވަހު އޮސްޓްރިއާގަ އެވެ.
އެމެރިކާ އަށް އެތެރެވާން ހުއްދަ ނުދިނުމުން، ރެފްރީ އަރްޓާން އެނބުރި ސޯމާލިއާ އަށް ދިއުމުން އޭނާ އަށް ސަޕޯޓް އަދާކުރުމުގެ ގޮތުން ބޭއްވި އެއްވުމުގެ ތެރެއިން
އެއީ ވޯލްޑް ކަޕްގައި އެންމެ ތަޖުރިބާކާރު ރެފްރީންނަށް ކަނޑައަޅާފައިވާ ފީ ކަމަށްވާ 100،000 ޑޮލަރު އެވެ. ރިޕޯޓްތައް ބުނާގޮތުން، މިހާރު ފީފާ އިން ނިންމާފައިވަނީ، ހާއްސަ ސަބަަބަކާ ހުރެ އަރްޓާން އަށް ވޯލްޑް ކަޕް ފުރުސަތު ގެއްލުމުން، އޭނާ އަށް ރެފްރީ އެލަވަންސަށް ވާ 100،000 ޑޮލަރު ދޭ ގޮތަށެވެ.
އޮމަރު އާޓަން އަންނަނީ، 2018 ވަނަ އަހަރުން ފެށިގެން ފީފާ ބެޖް ހާސިލްކޮށް ބައިނަލްއަގުވާމީ މުބާރާތްތަކުަގައި އިންސާފުކުރަމުންނެވެ. އޭނާ ވަނީ 2025 ވަނަ އަހަރުގެ އެފްރިކަން ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ދެވަނަ ލެގުގެ މެޗުގައާއި، ޗިލީގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ މެޗުތަކުގައި ވެސް ރެފްރީކަންކޮށްފަ އެވެ.
މީގެ އިތުރުން 2024 އަދި 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ވެސް އޭނާ ވަނީ މުހިންމު މެޗުތަކެއްގައި ރެފްރީކަން ކޮށްފަ އެވެ. ފީފާ ބެޖް އަށް ފަހު އެމެރިކާއިން ބޭރު ކުރިޔަސް އުމަރު އަށް އަދި މުޅިން ވެސް ލިބެނީ އުފާވެރި ހަބަރުތަކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;