ads
ކުރީގެ ރައީސް ޔާމީން
ރާއްޖޭގެ ހިންގުމުގެ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ޔާމީން
ރާއްޖޭގެ ހިންގުމުގެ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެބައެއްގެ ކަންކަމާއި ގާނޫނުތައް ހަދާފައި ހުންނަނީ އެބައެއްގެ ތަޖުރިބާއަށް ބަލައިގެން ކަމަށާއި ހުރިހާ ގައުމުތަކެއްގައި ގާނޫނު އެއްގޮތް ވާން ނުޖެހޭ ކަމަށެވެ. 

ރާއްޖެއިން ވެސް މި ގައުމަށް ފެތޭ ގާނޫނުތަކާއި ނިޒާމުތައް ހަދައި އެކަމަށް އަވަސް ހައްލުތަކެއް ގެންނަންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. 

"އެހެންވީމާ ނިޒާމުތަކަށް ބަދަލު އަންނަން އެބަޖެހޭ. އަނެއްކާ ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަށް އޭގެ ފަހުން ވެސް ބަސް ބުނެވޭގޮތަށް އެބަ އޮންނަންޖެހޭ. އެހެންނޫނީ ހަތް މީހުންގެ އަތްމަތީގައި މުޅި ރާއްޖެ ހިސޯރުވެފައި މިތިބެނީ. އެކަމަކު މިތާކު ނެތޭ އިންތިހާބުވެފައި ހުރި އެކަކު ވެސް،" ޔާމީން ވިދާޅުވި އެވެ.

އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު ސުޕްރީމް ކޯޓަށް ދީފައި އޮންނަ އޮތުން އުވާލުން ހިމެނޭހެން ގާނޫނުއަސާސީ ބަދަލު ގެނެސް، ރާއްޖޭގެ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ޔާމީން ރޭ ވިދާޅުވިއިރު، ސުޕްރީމް ކޯޓު ފަނޑިޔާރުން ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވަން ޖެހޭ ގޮތަށް ބަދަލުކޮށް ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. 

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;