މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.
މި ފަހަރު ހުޅުވާލެވިފައިވާ ސްކޮލަޝިޕްތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާގެ ތިން ޔުނިވާސިޓީއަކުން ކިޔެވުމަށް ކަނޑައަޅާފައިވާ ޖާގަތަކެކެވެ. އެގޮތުން، ސެލަންގޯ އިސްލާމިކް ޔުނިވަސިޓީން ބެޗްލަ އޮފް އެކައުންޓިން ފުރިހަމަ ކުރުމަށާއި، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓަރއޮފް ލޯސް އަދި މާސްޓަ އޮފް އިކޮނޮމިކްސް ކިޔެވުމުގެ ފުރުޞަތު ވަނީ ފަހިކޮށް ދީފަ އެވެ.
މީގެ އިތުރުން، އިންސީފް ޔުނިވަސިޓީން ޕީއެޗްޑީ އަށް ކިޔެވުމަށް ވެސް ފުރުސަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކޯސްވޯކް، ޑެޒަޓޭޝަން އަދި ރިސާޗް ހެދުމާއި، އެޕްލައިޑް މުޢާމަލާތުގެ ދާއިރާއިން ކުރިއަށްދިއުން ހިމެނެ އެވެ.
މާސްޓާސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔަވަންދޭ މި ކޯސް ފުރިހަމަކުރުމަށްފަހު، މި ސްކޮލަޝިޕްގެ ދަށުން ކިޔަވާ ފަރާތްތަކުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ހިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށްވެސް އެމްއެމްއޭއިން ވަނީ ހާމަކޮށްފަ އެވެ.
މި ފުރުސަތަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެމްއެމްއޭއިން ކަނޑައަޅާފައިވާ އޮންލައިން ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށް އެ ބޭންކުން ބުނެ އެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް އެމްއެމްއޭގެ ޓްރެއިނިން ސެކްސަނާ ގުޅުއްވުމަށް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;